ސްރީލަންކާގެ ކޮތެލަވަލަ ޑިފެންސް ޔުނިވަރސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައި އެގައުމުގެ ރައީސްގެ އަތްޕުޅުން ދިވެހި ދަރިވަރަކު ރަން މެޑެލް ހޯދައިފި އެވެ.
ދިވެހި ދަރިވަރު ޑރ. އާމިނަތު ޒަހާ ޒުހައިރު ވަނީ އެ ޔުނިވަރސިޓީގެ އެމްބީބީއެސް މެޑިކަލް ޕްރޮގްރާމުން 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީން އެއްވަނަ ޙާސިލުކޮށްފައެވެ. އަދި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަތްޕުޅުން ޑރ. ޒަހާ ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ.
ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގެ ފައިނަލް އަހަރު ނުވަތަ ތިން ވަނަ އިމްތިހާނުން ޑރ.ޒަހާ އެއްވަނަ ހޯދާފައި ވާއިރު މައިކްރޯބަޔޮލޮޖީއާއި ފަރމަކޮލޮޖީންވެސް އޭނާވަނީ އެއްވަނަ ހާސިލުކޮށްފަ އެވެ.
ޑރ. ޒަހާ މިހޯދި ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރަކު ލަންކާގެ ތަޢުލީމީ އިދާރާއަކުން ހޯދި އެންމެ މަތީ ޝަރަފެވެ. މިއީ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ މިފަދަ ޝަރަފެއް ސްރީ ލަންކާއިން ބޭރު ދަރިވަރަކު ހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.
ސްރީ ލަންކާގައި ދިވެހި ދަރިވަރުން އެކި ރޮނގުރޮނގުން ތަޢުލީމު ޙާޞިލްކުރަމުންދާތާ އެތައް ޒަމާނެއް ވެފައި ވާއިރު، އައްޑޫ ސިޓީ ހިތަދޫ ހޭޅި، ޑރ.އާމިނަތު ޒަހާ ޒުހައިރަށް ސްރީލަންކާގެ ރައިސްގެ އަތްޕުޅުން މިޝަރަފު ލިބުމަކީ ތަރީހީ ކަމެކެވެ.
ކޮމެންޓު ފޮނުވާ