ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ އެންމެންވެސް ބޭނުންވާ ކަމެކެވެ. އަދި ތަފާތު އެކި ގޮތްގޮތަށް އެކި މީހުން މިކަމަށް މަސައްކަތް ކުރަމުންވެސް ގެންދެއެވެ.
މަޝްހޫރު ފިލްމީ ތަރިންނަކީ ހާއްސަކޮށް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަންދޭ ބައެކެވެ. މިފަދަ މީހުންގެ ހަށިގަނޑު އެހާ ރީތިކޮށް ގިނަ ދުވަހު ބެހެއްޓުމަށް ކުރަނީ ކޮން ކަންކަމެއް ކަން އެނގުމަކީ ވަރަށް ގިނަ ބެލުންތެރިން ބޭނުންވާ ކަމެކެވެ. އެހެންކަމުން މި ފަހަރު މި ބަލާލަނީ މިފަދަ ފަސް ކަމަކަށެވެ.
1. ވަގުތު ދިނުން.
އަހަރެމެން އެންމެ ގަޔާވާ ތަރިން ފިޓް ކޮށް ތިބުމަށް މަސައްކަތް ކުރާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަށް އެންމެ މުހިންމު އެއްކަމަކީ ވަގުތު ދިނުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް 75 އިންސައްތަ ޑައިޓް އަދި 25 އިންސައްތަ ކަސްރަތު ބޭނުންވެއެވެ. އެހެންނަމަވެސް މި މަސައްކަތް ކުރުމަށް ބޭނުންވާ ވަގުތަކީ މި ތަރިންނަށް ވަރަށްވެސް އަގުބޮޑު އެއްޗެކެވެ. އެހެންނަމަވެސް މި ތަރިންގެ ބިޒީ ޝެޑިއުލް އިން މިކަމަށް ވަގުތު ހޯދަމުން ގެންދެއެވެ.
2. އިންޓަވަލް ޓްރެއިނިންގް.
ސެލެބްރިޓީންނަކީ އެހާ ވަގުތު ލިބޭ ބަޔަކަށް ނުވުމާއެކު އެމީހުން ބޭނުންވަނީ ކުޑަ ވަގުތުކޮޅެއްގައި ނަތީޖާ ފެންނަ ކަހަލަ ކަސްރަތު ކުރުމެވެެ. އެގޮތުން ހައި އިންޓަސިޓީ ޓްރެއިނިން އަކީ މިފަދަ ތަރިން އެންމެ ގަޔާވާ ކަސްރަތެވެ. ފުރަބަންދުގެ ތެރޭގައި ސާރާ އަލީ ޚާން ވަނީ އޭނާގެ 3 މިނަޓުގެ ކަސްރަތު ބެލުންތެރިންނާއި ހިއްސާކޮށްފައެވެ.
3. ހުރިހާ ވައްތަރުގެ ޓްރެެއިނިންގް ހިމެނޭ ކަސްރަތުކުރުން.
ފިލްމީ ތަރިންގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ހުރިހާ ވައްތަރެއްގެ ކަސްރަތު ކުރަން މަސައްކަތްކުރެއެވެ. އެގޮތުން ސްޕްރިންޓްސް، ބޮކްސިން އިން ފެށިގެން ޖަމްޕް ރޯޕްސް އަދި ބޮޑީ ވެއިޓް ކަސްރަތުތައްވެސް ކުރެއެވެ. ބޮލީވުޑްގެ ތަރި ރަކުލް ޕްރީތު ސިންގް ވެސް އޭނާގެ ކަސްރަތުތައްވަނީ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.
4. ޔޯގާ
ފިލްމީ ތަރިން ކުރާ ހިތުން އެންމެ ގިނައިން ކުރާ ކަސްރަތަކީ ޔޯގާއެވެ. މަލައިކާ އަރޯރާ އިން ފެށިގެން ޝިލްޕާ ޝެޓީއަށް ބެލިޔަސް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ކުރާ އެންމެ އާންމު ކަސްރަތަކީި ޔޯގާއެވެ. އެގޮތުން ޔޯގާ ކުރުމުން ބަރުދަން ލުއި ކުރުމަށް އެހީ ވުމާއިއެކު ލޭ ދައުރު ވުމަށް އެހީތެރިވެދެއެވެ. ޔޯގާ އަކީ އެހާބޮޑަށް އެކްޓިވްނުވެ ކުރެވޭ ކަސްރަތުގެ ބާވަތަކަށް ވުމުން އެކިއެކި އަނިޔާ ލިބުމުންވެސް ރައްކާތެރިވެއެވެ.
5. ކެއުމަށް ބެލުން.
ސެލެބްރިޓީންނަކީ އަބަދު ދަތުރުކޮށް އުޅެންޖެހޭ މީހުން ކަމަށް ބުމާއިއެކު އެމީހުން އަބަދުވެސް ކަނީ ވަރަށް ބަލައިގެންނެވެ. ނިއުޓްރިއެންޓްސް ގިނަ ކާއެއްޗެހި ކެއުމާއި، ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ކައި އުޅުމަކި އެމިީހުން ރީތިކޮށް ތިބުމަށް ކުރާ ވަރަށް ބޮޑު ކަމެކެވެ.