ރާއްޖެ އަންނަ ފަތުރުވެރިން: އިންޑިއާއިން ރަޝިއާއާ އަރާ ހަމަކުރަނީ!

ރާއްޖެ އަންނަ ފަތުރުވެރިން: އިންޑިއާއިން ރަޝިއާއާ އަރާ ހަމަކުރަނީ!

Author
ޢަލީ އާދަމް
17 ފެބްރުއަރީ 2021 03:31
0

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހުވެސް އާންމުކުރަމުންދާ ފަތުރުވެރިން އަންނަ އަދަދަުގެ ތަފާސް ހިސާބަށް ބަލާލާއިރު އަހަރު ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަމުން ދިޔައީ ރަޝިއާ އިންނެވެ. އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއި ރު އެއްވަނާގައި އޮތް ރަޝިއާ އާއި ދެވަނާަގއި އޮތް އިންޑިއާ އާ ދެމެދު 3،500 ފަތުރުވެރިންގެ ފަރަގެއް އޮތެވެ.

ނަމަވެސް އަހަރު ފެށިގެން ދޮޅުމަސް ދުވަސް ފާއިތުވީއިރު މި ފަރަގު މިހާރު ވަނީ ގާތް ގަނޑަކަށް 60 ފަތުރުވެރިންނަށް ކުޑަވެފައެވެ.

ޓޫޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބުަތަކަށް ބަލާލާއިރު އިއްޔެގެ ނިޔަލަށް ރަޝިއާއަށް ނިސްބަތްވާ 31،798 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި އިންޑިއާއަށް ނިސްބަތްވާ 31،739 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. ނަމަވެސް ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އިންސައްތަ އަށް ބަލާއިރު މި ދެގައުމުން އައި ފަތުރުވެރިންގެ އިންސައްތަވެސް އުޅެނީ 21.9 އިންސައްތާގަ އެވެ.

މި ހިނގާ ފެބްރުވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ބައި ލައްކައަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 52،943 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މުޅި މިއަހަރު ރާއްޖެއަށް މިހާތަނަށް 145،046 ފަތުރުވެރިން މިވަނީ އައިސްފައެވެ. މި އަދަދު ތަކާއެކު ރާއްޖެއަށް މި ހިނގާ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،309 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު އެގައުމުގެ އެކި ސިޓީތަކުން ރާއްޖެއަށް އަންނަ ސީދާ ފްލައިޓް ތައްވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެންމެ ގިނަ އިންޑިއާ ފަތުރުވެރިން އުފުލާ އިންޑިގޯ އާއި ގޯއެއަރގެ 10 ވަރަކަށް ފްލައިޓް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ބެންގްލޯރާއި، ކޮޗިންއާއި، މުންބާއީ އާއި، ދިއްލީގެ އިތުރުން ހައިދްރް އާބާދުންވެސް ރާއްޖެއަށް ޑައިރެކްޓް ފްލައިޓް އަންނަނީ ބާއްވާމުންނެވެ.

އިންޑިއާގެ ގޯއެއަރ އިން ރާއްޖެއައް ދަތުރުކުރާ ފްލައިޓެއް – ފޮޓޯ: ވީއައިއޭ

މިދިއަ 2020 ވަނަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އިންޑިއާ އިން މިދިޔަ އަހަރު 62،960 ފަތުރުވެރިން ރާއްޖެއަށް އައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ. މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.