ޓްރަންޕަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލަކަށް ގެންގޮސްފި

ޓްރަންޕަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލަކަށް ގެންގޮސްފި

ގުޅުންހުރި

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލަކަށް ގެންގޮސްފިއެވެ.

ރައީސް ޓްރަންޕާއި އަނބިކަނބަލުން މެލީނިއާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގައެވެ. ވައިޓު ހައުސްއިންވަނީ ޓްރަމްޕުގެ ފަރާތުން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނިފައިވާކަމަށް ބުނެފައެވެ. އޭނާ މިހާރުވަނީ މެރީލޭންޑުގައި ހުންނަ ވޮލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަން ސެންޓަރަށް ގެންގޮސްފައެވެ. ވައިޓު ހައުސްގެ ޑޮކްޓަރު ޝޯން ޕީ ކޮންލޭ ވިދާޅުވީ ރައީސް ޓްރަންޕަށް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސްކުރެވޭ ނަމަވެސް ޙާލުކޮޅު ރަނގަޅުކަމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕްގެ އުމުރުން 74 އަހަރު ވެފައި ވާތީއާއި އަދި ޓްރަމްޕްގެ ބަރުދަން ވަރަށް މަތީގައި ހުރުމުން ހާލަތު އެންމެ ގޯސްވުމުގެ ފުރުސަތު އޮތް މީހުންގެ ތެރޭގައި ޓްރަމްޕް ހިމެނެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން އާއްމު ކޮށްފައި ހުރި މައުލޫމާތުތައް ބުނާ ގޮތުގައި އުމުރުން 65 އަހަރާއި 74 އަހަރާއި ދެމެދުގެ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު ފަސް ގުނަ އިތުރެވެ. އަދި އެއުމުރުގެ މީހުންގެ މަރުވުމުގެ ފުރުސަތު އުމުރުން 18 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންނާއި އަޅައި ބަލާއިރު %90 ފުރުސަތު އިތުރެވެ.

ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހުމުގެ ކުރިން އޭނާގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ހޯޕް ހިކްސަށްވަނީ ކޯވިޑް-19 ޖެހިފައެވެ. މީގެ އިތުރުން ޓްރަންޕުގެ ކެމްޕެއިން މެނޭޖަރު ބިލް ސްޓެޕިއެނަށް ކޯވިޑް-19 ޖެހިފައިވާކަންވެސް މިހާރުވަނީ ހާމަވެފައެވެ. ވެރިކަންކުރާ ރިޕަބްލިކު ޕާޓީއަށް ނިސްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންކަމުގައިވާ ތޮމް ޓިލިސްއާއި މައިކް ލީ އަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވް ގުޅިގެން އޭނާ ރައީސްކަމުގެ މަސްއޫލިއްޔަތުން އެއްކިބާވެދާނެތޯ އާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމަފާނެތޯ ކުރެވޭ ސުވާލަކީ މިހާރު ވަރަށް ގިނަބައެއްގެ މެދުގައި އުފެދިފައި އޮތް ސުވާލެކެވެ. ނަމަވެސް ޕޮޒިޓިވްވިފަހުން ގިނައިރުތަކެއް ވެގެން ދިޔަނަމަވެސް މިކަންކަމާއި ގުޅޭގޮތުން ރަސްމީ ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *