ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި

Author
ޢަލީ އާދަމް
15 ފެބްރުއަރީ 2021 12:49
0

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 36 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު މިދިޔަ މަހުވެސް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ސައްހަނޫން އެކިއެކި ލިޔެކިއުން ބޭނުންކޮށްގެން މިދިޔަ އަހަރުގެވެސް 20 އަށްވުރެ ގިނަ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައި ވެއެވެ. މި މީހުން ހިފަހައްޓައި އިމިގްރޭޝަނުން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާއި، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައް ފަހުގެ ސޮފްޓްވެއަތަކަށް އަޕްގްރޭޑްކޮށްފައި ވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.