އިންޑިއާގެ އަންދްރަ ޕްރްދޭޝް އަވަށުގައި، ދީނީ އިހުތިފާލަކަށް ދަތުރުކުރަމުން ދިޔަ ބަހަކާ، ޓްރަކްއެއް އެކްސިޑެންޓް ވެގެން ހިގި ނުރައްކާތެރި ހާދިސާއެއްގައި 14 މީހުން މަރުވެއްޖެއެވެ.
އަންދްރަ ޕްރަދޭޝްގެ ކުރުނޫލްގެ ނޭޝަލް ހައިވޭގައި ހިގި މި ނުރައްކާތެރި އެކްސިޑެންޓުގައި، ސަލާމަތްވެވެފައި ވަނީ ހަމައެކަނި އެންމެ 4 ކުޑަކުއްޖަކުކަމަށް އަންދްރަ ޕްރްދޭޝްގެ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ. އަދި މި 4 ކުރިންގެ ތެރެއިން 2 ކުއްޖެއްގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
މިއެކްސިޑެންޓް ހިގާފައިވަނީ، އެސްޓޭޓްގެ ކަރުނޫލް ޑިސްޓްރިކްޓްގެ ވެލްޑުރުޓި މަންޑަލް ނަމަކަށް ކިޔާ ވިލެޖެއްގައެވެ.
މަންޒަރު ދުށްމީހުން ބުނެފައިވާ ގޮތުގައި، 18 މީހަކު ގޮވައިގެން ދަތުރު ކުރަމުންދިޔަ މިބަސް ބާރު ސްޕީޑުގައި ގޮސް މުޑި އަރާފައިވަނީ، ދެމަގު ބައިކުރުމަށް ޖަހާފައިވާ ރޯޑު ޑިވައިޑަރުގައެވެ. އަދި ޑިވައިޑަރުގެ ޖަހުމަށްފަހު ބަސް ވިއްސައިގެން ގޮސް މުޑި އަރާފައިވަނީ ކުރިމަތިން ދުއްވާފައިއައި ލޮރީއެއްގައި ކަމަށްވެސް މަންޒަރު ދުއްމީހުން މައުލޫމާތު ދީފައި ވެއެވެ.
"އެކްސިޑެންޓްވި ބަސް ދަތުރުކުރުމުން ދިޔައީ، ޗިއްޓޫރު ޑިސްޓްރިކްޓްގެ މަޑަނަޕެއްލޭއިން ރާޖަސްތާންގެ އަޖްމެރް ނަމަކަށް ކިޔާ ޑިސްޓްރިކްޓްއަކަށް،" ކަރުނޫލްގެ ޕޮލިސް ޗީފް ކޭ ފަކިރައްޕަ އިންޑިއާގެ އެންޑިޓީވީއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިބަހުގައި ތިބި މީހުންގެ ހަށިތައްވަނީ ބަހުގެތެރޭގައި ތާށިވެ ޗިސްޗިސް ވެފައެވެ. އަދި މީހުންގެ ހަށިތައް ނަގަންޖެހުނީ މެޝިނަރީތައް ބޭނުން ކޮށްގެނެވެ.
މި ބަސް ދަތުރު ކުރަމުންދިޔަ ޗިއްޓޫރު ޑިސްޓްރިކްޓްގެ މަޑަނަޕެއްލޭއިން ރާޖަސްތާންގެ އަޖްމެރް ނަމަކަށް ކިޔާ ޑިސްޓްރިކްޓް އާދެމެދު ރޭލުގެ ޚިދުމަތް ނޯންނާތީ، މިދެމެދުގައި އޮންނަ 1،900 ކިލޯ މީޓަރުގެ ދިގު ރާސްތާ ހުރަސް ކުރަން ޖެހެނީ މުޅިންވެސް ހަތަރު ފުރޮޅުލީ އުޅަދު ފަހަރު ބޭނުން ކޮށްގެންނެވެ.
އިންޑިއާގެ ބޮޑުވަޒީރުވަނީ، ހިތާމަ ފާޅުކޮށް މިހާދިސާގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.
The road accident in Andhra Pradesh’s Kurnool district is saddening. In this hour of sadness, my thoughts are with those who lost their loved ones. I hope that the injured recover at the earliest: PM @narendramodi
— PMO India (@PMOIndia) February 14, 2021
ކޮމެންޓު ފޮނުވާ