އެމްޑީޕީގެ ގައުމީ މަޖިލީސް މިރޭ، އިބޫ އާއި ނަޝީދު ވާހަކަފުޅު ދައްކަވާނެ

އެމްޑީޕީގެ ގައުމީ މަޖިލީސް މިރޭ، އިބޫ އާއި ނަޝީދު ވާހަކަފުޅު ދައްކަވާނެ

Author
ޢަލީ އާދަމް
14 ފެބްރުއަރީ 2021 03:36
0

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އޮންލައިންކޮށް ބޭއްވުމަށް މިރެއަށް ތާވަލުކޮށްފި އެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފަ އެވެ. އެޕާޓީން ބުނި ގޮތުގައި ގައުމީ މަޖިލީހުގެ މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ޒޫމް މެދުވެރިކޮށް، އޮންލައިންކޮށެވެ.

މި ބައްދަލުވުމުގައި އެ ޕާޓީގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އެޖެންޑާގައި ހިމަނާފައި ވެއެވެ.

މިއީ އެޕާޓީގެ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމެވެ.

"ރަށްވެހި ފަތިސް"ގެ ނަމުގައި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އެމްޑީޕީން އަދި ކެމްޕޭން ކުރަމުން ގެންދަނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އޮންލައިންކޮށެވެ. ނަމަވެސް މިއީ ކެމްޕެއިން ކުރަން އެންމެ އެކަށޭނަ ގޮތެއް ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ނުދެކެއެވެ.

ވާދަވެރި ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ނުލިބެއްޖެނަމަ އެފަދަ ފުރުސަތެއް އެމަނިކުފާނުވެސް އަދި އެމްޑީޕީއިން ވެސް ބޭނުން ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައި ވެއެވެ

އޭޕްރީލް 10 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި އެމްޑީޕީގެ 800 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ އަދި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެސް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.