ޖަޕާނުގެ ޓޯކިއޯގެ ކައިރި ސަރަހައްދުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ޓޯކިއޯގެ ކައިރި ސަރަހައްދުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Author
ހުސެއިން
13 ފެބްރުއަރީ 2021 07:41
0

ޖަޕާނުގެ ވެރިރަށް ޓޯކިއޯއާ ވަށައިގެންވާ ކައިރި ސަރަހައްދުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބާރު މިނުން 7 މެގްނިޓިއުޑް ބާރުމިނުގައި އައި ޖަޕާނުގެ ފުކުށީމާ ޕްރީފެކްޗަރގެ 60 ކިލޯމީޓަރ ބޭރުން ކަމަށް ޖަޕާނުގެ ރަސްމީ އޭޖެންސީތަކުން މައުލޫމާތު ދެއެވެ. ބިންހެލުން އައިސްފައިވަނީ، ޖަޕާނުގަޑިން ރޭގަޑު 11:08ގައެވެ. މިއީ ޖަޕާނުގެ ސީސްމިކް އިންޓެންސިޓީ ސްކޭލްއިން6 މިންގަޑުގައި އައި ބިންހެކުމެކެވެ. މިއީ ޖަޕާނުގައި ބިންހެލުން ގިންތި ކުރާ މިންގަޑުން ދެވަނަ ދަރަޖަިއގެ ބިން ހެލުމެކެވެ.

ޖަޕާނުގެ ފުކުޝީމާ ޕްރިފެކްޗަރއަށް އައި ބިންހެލުމުގައި ލިބިފައިހުރި ބައެއް ގެއްލުންތައް

ފުކުޝީމާ ޕްރީފެކްޗަރ ސަރަހައްދުގެ ކައިރީގެ ސަރަހައްދުތަކަށް މިބިންހެލުމުގެ އަސަރު ކޮށްފައިވަނީ، މެގްނިޓިއުޑުން 6 މިންގަޑުގެ ބާރުމިނުގައެވެ.

ބިންހެލުން އައިސްފައިވަނީ، ފުކިޝީމާ ޕްރީފެންޗަރގެ ހަމަޑޯރި ރީޖަންއަށެވެ. އަދި ފުކިޝީމާ ނިއުކްލިއަރ ޕްލާންޓް ހުންނަ ހިސާބަށް ސުނާމީގެ އަސަރު ކޮށްފައިވާކަމަށް މީޑީއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެހެންނަމަވެސް، ޖަޕާނުގެ ގައުމީ ނޫސް އޭޖެންސީން މައުލޫމާތު ދޭގޮތުގައި، މި ސުނާމީގެ ސަބަބުން ނިއުކުލިއަރ ޕްލާންޓުގެ ހިނގުމަށް ނޭދޭވޭ އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މިބިން ހެލުމުގެ އަސަރު ޖަޕާނުގެ ވެރިރަށް ޓޯކިއޯއަށާއި ޓޯކިއޯގެ ވަށައިގެންވާ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އެހެންނަމަވެސް، މިހިސާބުތަކުގެ އިމާރާތްތަކަށް ގެއްލުން ލިބި، އަދި އެއްވެސް މީހަކަށް ބިންހެލުމުގެ ސަބަބު ބޮޑެތި އަސަރުތަކެއް ކޮށްފައި ނުވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ބިންހެލުން އައި ސަރަހައްދު ކަމުގައިވާ، ފުކުށީމާ ޕްރީފެކްޗަރއަކީ، ޖަޕާނުގެ ވެރިރަށް ޓޯކްޔޯއާއި200 ކިލާމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. ޖަޕާނުގެ އިދާރާތަކުން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިންހެލުން އައިސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އުސް ހިސާބުތަކަށް ދިއުމަށް ލަފާ ދީފައެވެ.

ޖަޕާން ސަރުކާރުން ބުނެފައިވަނީ، މި ބިންހެލުމުން ލިބުނު ގެއްލުންތައް ވަޒަންކުރުމަށް މިހާރު ޓާސްކް ފޯހެއް އެކުލަވާލަމުން ދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.