އަންވަރު އިބުރާހިމް ބޮޑުވަޒީރު ކަމަށް!

އަންވަރު އިބުރާހިމް ބޮޑުވަޒީރު ކަމަށް!

ގުޅުންހުރި

މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ބޭނުންވާ އަދަދަށް ޕާލަމެންޓުގެ ވޯޓު ލިބިވަޑައިގެންފައި ވާކަމަށް ވިދާޅުވެ މެލޭޝިޔާގެ އަންވަރު އިބުރާހިމް އަނެއްކާވެސް އާމަސައްކަތްތަކެއް ފައްޓަވައިފިއެވެ.

އަންވަރު އިބުރާހީމްއަކީ ފާއިތުވެދިޔަ ގިނައަހަރުތަކުގައި އެގައުމުގެ ބޮޑިވަޒީރުކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް، އެގައުމުގެ އިދިކޮޅު ހަރަކާތްތައް ކުރިޔަށް ގެންދެވުމުގައި އެންމެ އިސްކޮށް ހުންނެވި ލީޑަރެވެ.

އަންވަރު ވިދާޅުވާ ގޮތުގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ބޭނުންވާ ވަރަށް އެމަނިކްފާނަށް މިހާރުވަނީ ޕާލަމެންޓުގައި ވޯޓު ހަމަކުރެވިފައެވެ. އަދި މިކަމުގެ ފުރިހަމަ މަޢުލޫމާތު މިހާރުވަނީ ރަސްގެފާނަށް އަރުވާފައެވެ. މިހާރުގެ ބޮޑުވަޒީރަށް މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފައިވަނީ އެންމެ ދެގޮޑި އިތުރަށް ލިބިވަޑައިގެންނެވެ. ނަތީޖާއެއްގެ ގޮތުން މެޖޯރިޓީ ގެއްލިގެން ދިއުމުގެ ނުރައްކާ އިންތިހާއަށް މުހުޔިއްދީނަށް މިހާރު އެބައޮތެވެ.

ރަސްގެފާނުގެ ގަޑުވަރުން މައުލޫމާތު ދޭގޮތުގައި އަންވަރު ވަނީ އެމަނިކްފާނަށް ތާއީދު ކުރައްވަން ނިންމަވާފައިވާ މަޖިލިސް މެމްބަރުންގެ މައުލޫމާތު ރަސްގެފާނަށް އަރުވާފައެވެ. އެހެންމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ރަސްގެފާނުގެ ގަޑުވަރުން ހާމަކޮށްފައެއް ނުވެއެވެ.

އަންވަރު ވަނީ އެގައުމުގެ ރައްޔިތުންނަށް ކެތްތެރިވެ ތިބުމަށް ގޮވާލައްވަފައެވެ. އަދި ރަސްގެފާނަށް ރަގަޅު ނިންމެވުމެއް ނިންމެވުމަށް ފުރުސަތު ދެއްވުމަށްވެސް އަންވަރު ވަނީ ގޮވާލައްވާފައެވެ.

މެލޭޝިޔާގައި 2018 ވަނަ އަހަރު ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްއާއި ކުރީގެ ބޮޑުވަޒީރު މަހާތީރު ގުޅިގެން އުފެއްދި ކޯލިޝަނުންނެވެ. އަދި އޭރުގެ ބޮޑުވަޒީ ނަޖީބަށް ބޮޑުތަނުން ނާކާމިޔާބު ވެވަޑައިގަތެވެ. އައަށްފަހު ނަޖީބުގެ މައްޗަށް ކުރެވެމުންދާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކެއްގައި މިހާރުދަނީ މެލޭޝިޔާގެ ކޯޓުތަކުގައި ދައުވާ ކުރެވެމުންނެވެ. 2018 ވަނަ އަހަރު މެލޭޝީޔާގެ ވެރިކަމަށް އައި ކޯލިޝަންވަނީ ވެރިކަމަށް ދެއަހަރު ނުވަނީސް ރޫޅިގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ