އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލަކަށް ފެޒްލީން އައްޔަންކުރައްވައިފި

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލަކަށް ފެޒްލީން އައްޔަންކުރައްވައިފި

Author
ޢަލީ އާދަމް
11 ފެބްރުއަރީ 2021 01:48
0

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފި އެވެ.

މަރްޔަމް ފެޒްލީން މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ.

މަރްޔަމް ފެޒްލީން ޤާނޫނީ ދާއިރާއިން ޚިދުމަތް ފެއްޓެވީ 13 މޭ 2009 ދުވަހު ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި އެ އޮފީހަށް ޚިދުމަތް ކޮށްދެއްވަމުން ނެވެ. މަރްޔަމް ފެޒްލީންއަކީ ޕީޖީ އޮފީހުގައި މިވަގުތު މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ޤާނޫނީ ވަކީލެވެ.

އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި މިވަގުތު 4 ބޭފުޅަކު އެބަ ތިއްބެވިއެވެ. އެއީ ޙުސައިން ނާޝިދާއި، ޝަމްރާ ޝަމީމާއި، ޢަބްދުﷲ ރާބިޢުގެ އިތުރުން މަރްޔަމް ފެޒްލީން އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.