ޑޭޓާއިން ވައްކަންކުރި ސަރުކާރެއް މިނޫނިއްޔާ ނެތް: ސަޢީދު

ޑޭޓާއިން ވައްކަންކުރި ސަރުކާރެއް މިނޫނިއްޔާ ނެތް: ސަޢީދު

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 02:27
0

ދިވެހިރާއްޖެ ނޫނީ ޑޭޓާއިން ވައްކަންކުރި ސަރުކާރެއް ނޯންނާނެކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މުއާޞަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުކުރެވިފައިވާ ފަރާތުން، ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާ ގޮތަށް، ރައްޔިތުންނަށް ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށައެޅުއްވި ޤަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ސަޢީދު ވިދާޅުވީ، ސަރުކަރުގެ ސިޔާސަތުގެ ސަބަބުން އިންޓަރނެޓްގެ ހަގު ދާނީ ބޮޑުވަމުންކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް އޮތީ އިންޓަރނެޓްގެ އަގު ހެޔޮކުރުމާއި ދިމާ އިދިކޮޅަށްކަމަށް ވިދާލުވެ ސަރުކާރަށް ފާޑުވިދާޅުވަމުން ސަޢީދު ވިދާޅުވީ، މިއަހަރުގެ ދަރަނި ބޮޑު ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 300 މިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅަފައި އޮތީ ފްރީކުއެންސީ ސްޕެކްޓްރަމް ޗާޖު ނަގައިގެންކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުންވެސް އިންތަރނެޓްގެ އަގު ވާނީ ބޮޑުކަމަށާއި، މިއީ ސީދާ ފެއިލްވެފައިވާ ސިޔާސަތެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކަފުޅުގައި ކޯވިޑާއި ގުޅިގެން ދިން އިންޓަރެނެޓް ޑޭޓަތަކުންވެސް މިސަރުކާރުން ވައްކަންކުރިކަމަށް ތުހުމަތުކުރިއެވެ. އެގޮތުން ރާއްޖެ ނޫނީ ޑޭޓައިން ވައްކަކްނ ކުރި ސަރުކާރެއް ނޯންނާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތުއްތު ކުދިން ކިޔަވަން ތިބި ތިބުމުގައި ތުއްތު ކުދިން ކިޔަވަނ ްތިއްބާ 40މިނެޓްވާއިރު މުޅި ކްލާސް ހުއްޓަލާފަ ކުރަންހުރި މަސައްކަތް ހުއްޓާލާފަ އޭނާއާއި ބެލެނިވެރިޔާ މާޔޫސްކަމެއްގެ ތެރޭގައިކޮމްޕިއުޓަރ ލޮގްއައުޓްކޮށްލަން މިޖެހެނީ.

– މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

ސައީދު ވިދާލުވީ، ޑޭޓާއަށްވެސް ސަލާންޖަހަން ޖެހިފައިވާކަމަށާއި، އެކަމުގައިވެސް އެއް އަހަރު ފާއިތުވެފައިވާކަަމށެވެ. ރާއްޖޭގައި އިންޓަރނެޓްގެ އަގު ބޮޑުކަމާއި، ޑޭޓާ އަވަހަށް ހުސްވާ މައްސަލާގައި ގިނަބަޔަކު ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޯލި
Finifenmaa Said kurin ahaalan beynumee kaandhee athugai dhaiy alhaa meehaku dhakkaa vaahaka gaboolu luraanee kaakutho?