ފަލަސްތީން ހިމެނޭގޮތަށް 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވައިފި

ފަލަސްތީން ހިމެނޭގޮތަށް 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވައިފި

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 09:50
0

ފަލަސްޠީން ހިމެނޭހެން 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަސް ފޮނުއްވާފައިވާ ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އަދި ޤައުމީ ސަލާމަތާއި ޚަރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ދިރާސާކުރުމަށް ފޮނުއްވާފައެވެ.

ތޭރަ ޤައުމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުން:

1- ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފް، ޔޫކްރެއިންނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
2- އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް، އަޒަރުބައިޖާން އަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
3- ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާގް، އޮސްޓްރޭލިޔާ އަދި ސައުތު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
4- ސައުދި ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، ފަލަސްޠީނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
5- ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާޙް، ކެމްބޯޑިއާ، ވިއެޓްނާމް އަދި ލާއޯސްއަސް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
6- ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.އާސިމް އަޙްމަދު، އިޓަލީވިލާތް، ތުރުކީވިލާތް، އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
7- ޔޫއޭއީއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު އައިޝަތު ޝަބީނާ، މިސްރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
8- ސިންގަޕޫރަށް ކަނޑައަޅަފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް، ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މިމަސައްކަތްކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް ކަނޑައަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.