ފިޓްނަސް މައްސަލައެއްގައި ބެލްޖިއަމް ސްކޮޑުން ޑި ބްރޭނާ ވަކިވެއްޖެ

ފިޓްނަސް މައްސަލައެއްގައި ބެލްޖިއަމް ސްކޮޑުން ޑި ބްރޭނާ ވަކިވެއްޖެ

ގުޅުންހުރި

ފިޓްނަސް މައްސަލައެއްގައި ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވަކިވެއްޖެއެވެ.

މިިދިޔަ އާދިއްތަ ދުވަހުގެރޭ ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑް އަތުން 2-1 ން އިންގްލެންޑް ބަލިވި މެޗުގެ ދެވަނަ ހާފްގައި ޑި ބްރޭނާ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮއްފައެވެ.

ބެލްޖިއަމުގެ ސްކޮޑުން ޑި ބްރޭނާ ވަކިވިކަން އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ބެލްޖިއަމް ގައުމީޓީމުން ބުނީ ފިޓްނަސްގެ ކުޑަ މައްސަލައަކާ ގުޅިގެން މިރޭ އައިސްލެންޑާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުގައި އޭނާ ނުހިމެނޭކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ސިޓީން އާސެނަލާ ދެކޮޅަށް ކުޅޭއިރު، އެ މެޗަށް ޑި ބްރޭނާ ފިޓްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ނޭޝަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވިއިރު، އެ ޓީމު އޮތީ ލީގު އޭ ގްރޫޕް ދޭއްގެ ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތް އިންގްލެންޑަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ޑެންމާކް އޮތްއިރު، އައިސްލެންޑް އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި ފުލުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *