ކޯވިޑް-19: މިއަދު 126 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: މިއަދު 126 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 10:02
0

ރާއްޖެއިން އިތުރު 126 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 98 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 19 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހެކެވެ.

މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 16،909 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 168 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،772 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނ 2،075 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 204 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،944 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 438،240 ސާމްޕަލްވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 55 މީހުން ނިޔާވެފައެވެ. އެއީ 47 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.