2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ބްލޮގަރ ޔާމިން ރަޝީދަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ޝަރީއަތުގެ ކުރިއަށް ހުރި އަޑު އެހުންތަކުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޕީޖީ ހުސެއިން ޝަމީމް ވަކާލާތު ކޮށްދެއްވުމަށް އާއިލާއިން އެދިވަޑައިގެންފިއެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ވަޒީފާއަދާކުރަމުންދިޔަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ހުންނަ އިމާރާތުން ނުކުމެގެންގޮސް އޭނާގެ އާއިލާއާއިއެކުގައި ދިރިއުޅެމުންދިޔަ ސްޕެޓިއުލާ (މާލެ) އަށް ވަނުމަށްފަހު، އެގޭގެ ސިޑިބަރި ފެށޭހިސާބުގައި ޔާމީން ރަޝީދު ހުއްޓައެވެ. ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ވަނީ 6 މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލާ، ކްރިމިނަލް ކޯޓުގައި އެމައްސަލައިގެ ޝަރީއަތް ފަށާފައެވެ.
ޔާމީން ރަޝީދުގެ މައްސަލައިގެ ޝަރީއަތާގުޅޭ ގޮތުން ރިލުވާން އައި ޔާމީން ރަޝީދުގެ ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2014 ވަނަ އަހަރުގައި ވަގަށްނަގައި، ގަދަކަމުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ޝަރީއަތުގެ ހުކުމްކުރައްވަމުން، ދަޢުވާ ސާބިތުކުރުމަށް ދިމާވި އެއް ހުރަހަކީ ދައުލަތުގެ ފަރުވާ ކުޑަކަމުންކަމަށް ވަނީ ފާހަގަކޮށްފައެވެ. ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގެ ޝަރީއަތުގައި މިހާތަނަށް ދައުލަތުގެފަރާތުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރާތަން ނުފެންނާތީ، ކުރިއަށް ހުރި ޝަރީއަތުގެ ބައިތަކުގައި ޚުދު ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި ވަކާލުކޮށްދެއްވުމަށް އާއިލާއިންވަނީ އެދިފައެވެ.
މީގެ އިތުރުން ޕްރޮސިކިޓަރ ޖެނެރަލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުންނާއި މިޝަރީއަތް އެއްމުންގެތެރެއިން ވީހާވެސް ގިނަބަޔަކަށް އަޑުއިވޭގޮތަށް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަށް މައްސަކަތްކޮށްދެއްވުމަށްވެސް ވަނީ އެދިފައެވެ.
މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ތިން ބާރުން މަސައްކަތްކުރާ ގޮތަކީ މުޅި ދިވެހިރާއްޖޭގައި އިންސާފު ހޯދުމަށް މީހުން ކުރާ މަސައްކަތައް އަސަރުކުރާނޭ ކަމެއްކަމުގައި ދެކޭކަމަށް މިޖަމްޢިއްޔާއިން ބުނެފައިވެއެވެ. އަދި މި ބުރަ މަސައްކަތުގައި ޔާމީން ރަޝީދުގެ އާއިލާއަށް އެންމެހާ ފަރާތްތަކުން އެއްބާރުލުންދީ، ރައްޔިތުންގެ އެހީތެރިކަން ދިނުމަށް ވަނީ މިބަޔާނުގައި އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ