ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ އެއްވަތަރު ޖަހާ ޓެޓޫ ދެކުނިންހެއްޔެވެ؟
މި ދެމީހުން އެއްވަތަރު ޖަހާ ޓެޓޫ ޖަހާފައިވަނީ އެންގޭޖްމަންޓަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށެވެ. އެއީ 2019 ވަނަ އަހަރު އެވެ.
މި ޓެޓޫއަކީ ގޮޅިއެއްގައި ފާހަގަ ޖަހާފަ އިން ޓެޓޫއެކެވެ. ޕްރިޔަންކާގެ ކަންފަތުގެ ފަހަތުގައި މި ޓެޓޫ އިންނަ އިރު އެހާބޮޑަކަށް ފާހަގައެއްނުވެއެވެ. ނިކްގެ ޓެޓޫ އިނީ އަތުގައެވެ.

މި ޓެޓޫގެ ވާހަކަ އިންޓަވިއުއެއްގައިވެސް ޕްރިޔަންކާ ވަނީ ދައްކާފައެވެ. ޕްރިޔަންކާ ބުނެފައިވަނީ އެދެމީހުން ކައިވެންޏަށް ފަހު އޭނާގެ ހުރިހާ ކަމެއް ފުރިހަމަ ވެއްޖެ ކަމަށް ނިކް ބުނެފައިވާކަމަށެވެ. އެހެންކަމުން އެމީހުންގެ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހު އެކަން ފާހަގަ ކުރުމަށްޓަކާ އެދެމީހުން އެއްވައްތަރު ޓެޓޫ ޖެހީއެވެ.
ޕްރިޔަންކާ ވަނީ އޭނާގެ މި ޓެޓޫގެ އެއްބައި ފޮޓޯޝޫޓެއްގެ ތެރެއިން ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.
މި ދެތަރިންގެ ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހު ޕްރިޔަންކާވަނީ ނިކާއި އޭނާގެ ރީތި ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި މިއާއިއެކު ރީތި ނޯޓެއްވެސް ވަނީ ލިޔެފައެވެ.
މި ދެމީހުންގެ މަސައްކަތުގެ ދާއިރާއަށް ބަލައިލާއިރު ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމު ދަ ވައިޓް ޓައިގާ ވަނީ ގިނަ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވެ. އަދި މީގެ އިތުރުން ނިކް ޖޯނަސް މިހާރު މަސައްކުރަމުން ދަނީ "ކޭއޮސް ވޯކިންގ"ގަ އެވެ. މި ފިލްމު މިއަހަރު ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ