Ad
އައިއޯއައިޖީ އާއި ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި މަޝްވަރާކޮށްފި

އައިއޯއައިޖީ އާއި ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި މަޝްވަރާކޮށްފި

Author
އިބްރާހީމް ސާޢިދު
14 އޮކްޓޯބަރ 2020 08:03
0

ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ލިބިފައިވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އާއި ގުޅޭގޮތުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ކޯވިޑް-19 އާ ގުޅިގެން އައިއޯއައިޖީ ބޭއްވުމުގައި ކުރިއަށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށާއި، އެކަމަކު މި ބައްދަލުވުމުގައި ވަކި ކަމެއް ނިންމާފައިނުވާ ކަމަށެވެ.

މީޑިއާގައި މީގެކުރިން ވާހަކަދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އެއީ ކޯވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ ހަރަދުތަކާއި ކުރަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން ކަނޑައެޅިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކަންކަން ނުދާނެތީ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

އަދިވެސް މަސައްކަތްކުރާނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ގޭމްސް ރާއްޖޭގައި ބޭއްވޭތޯ ކަމަށާއި އަދިވެސް އުއްމީދު ގެއްލުވާނުލާ ކަމަށެވެ.

ރާއްޖެއަށް އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ލިބިފައިވަނީ އެންމެފަހުން މޮރިޝަސްގައި ބޭއްވި މުބާރާތަށްފަހު މެމްބަރު ޤައުމުތަކުގެ ވޯޓާއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.