ދަންނަބޭކަލުން ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މާޒީވެއްޖެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ފަޅު ކުރައްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ޚިޔާލަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަވަލާއި، މިޔުޒިކުގެ ފަލްސަފާއަކީ ވަރަށް ފުޅާ ފަލްސަފާއެއްކަމަށެވެ. އަދި ދީނީ ގޮތުން ޑރ.އިޔާޒުމެން ފަދަ ބޭފުޅުން މާމޮޅު ވެގެން މީހުންނަށް އޮޅުވާލަން އުޅުނަސް ދެން އެކަމެއް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފަިވެއެވެ.
މިއީ ވަރަށް ފުޅާ ފަލްސަފާ. ތިޔަބޭފުޅުންނަށް ތިޔަ އެގިފައިވާ ކުޑަ ކުޑަ ތިލަ މިންވަރުން އަމިއްލައަށް ދަންނަބޭކަލުން ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މާޒީވެއްޖެ. ލާދީނީ ޓެގްވެސް ނޭޅުވޭނެ. އަދި ތިޔަ ގޮވާ މޮޔަ އަޑުއަހާނެ މީހުންވެސް މަދު.
– ރައީސް ނަޝީދު ފޭކް އެކައުންޓުން އިޔާޒަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.
Mee varah fulhaa falsafaa. Thibeyfulhun nah thiya ingifai vaa Kuda Kuda thila minvarun amihla ah dhanabeykal kiuhvaigen rashu meehun nah olhuvaa levey duvas maazee vehje. LaaDheenee Tag ehves neylhuvey. Adhi thiya govaa moya aduahaane meehun ves madhu.
— Alex Ahmed (@anedhivehirajje) February 8, 2021
ޑރ.އިޔާޒު ވަނީ ލަވަޔާއި މިއުޒިކާއި ގުޅޭގޮތުން އިސްލާމްދީނުގެ އިލްމުވެރިންނާއި، ދަންނަ ބޭކަލުންނާއި، މާތް ރަސޫލާގެ ބަސްފުޅުތަކުން އައިސްފައިވާ ބައެއް ވާރިދުތައް ޓުވިޓާގައި މިއަދު ހިއްސާ ކުރައްވާފައެވެ. ލަވަޔާއި މިއުޒިކު ކުޅުވެ މަޖާކޮށްލައި ހަދާލެވޭ ޚާއްސަ މަރުކަޒެއް ގާއިމް ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީން އެމްޑީޕީން މަޖިލީހަށް ހުށަހެޅި މިޤަރާރަކީ ވަރަށް މުހިންމު ބޭނުންތެރި ޤަރާރެއްކަމަށް މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަވްތާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި ޤަރާރަށް ވާހަކަ ދެއްކެވި އިދިކޮޅަށް ނިސްބަތްވާ މެމްބަރުންވަނީ މިއީ މިހާލަތުގައި ސަރުކާރުން އެއްވެސް ބޭނުމެއްނެތި ބޭކާރު ޚަރަދު ކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރެއްކަމަށެވެ. ޒުވާނުންގެ ތެރޭގައި މިއަދުހުރި މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަށް ބޭނުންވާ ކަންކަން ކުރުމަށް މިފަދަ ކަންކަން ކުރުމަށްވުރެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށް އިދިކޮޅު މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައިވެސް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ