ޕްރިޔަންކާ އާއި ނިކް ދިމާވަނީ މަހަކު އެއް ފަހަރު!

ޕްރިޔަންކާ އާއި ނިކް ދިމާވަނީ މަހަކު އެއް ފަހަރު!

Author
ފާތިމަތު ނާވީ
07 ފެބްރުއަރީ 2021 05:40
0

ކައިވެނި ކުރަން އުޅުނު ދުވަސްވަރު ޕްރިޔަންކާ އަދި ނިކް ޖޯނަސް ވަނީ ކޮންމެ މަހަކުވެސް އެކުގައި ވަގު ހޭދަކުރާނެ ވަގުތު ކޮޅެއް ހޯދުމަށް އެއްބަސްވެފައެވެ.

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަ ކިޔުންތެރިއާ އަދި ފިލްމީ ތަރި ނިކް ޖޯނަސް ކައިވެނި ކޮށްފައިވަނީ ޖޯދާޕޫރުގެ އުމައިދު ބަވަން ގަނޑުވަރުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

މި ދެމީހުންނަކީވެސް ވަރަށް ބިޒީ އަދި ތަފާތު ޝެޑިއުލް އަށް މަސައްކަތް ކުރާ ދެމީހުންނަށް ވުމާއި އެކު ގޭގައި އެއްކޮށް ހޭދަކުރުމަށް ލިބެނީ ވަރަށް މަދު ވަގތު ކޮޅެކެވެ. އެގޮތުން ޕްރިޔަންކާ ބުނެފައިވާ ގޮތުގައި މި ގޮތަށް އެކުގައި ހޭދަކުރުމަށް ވަގުތު ލިބޭނީ ދެފަރާތުގެ ޓީމުންވެސް އެކުގައި މަސައްކަތް ކޮށްގެންނެވެ.

ޕްރިޔަންކާ އާއި ނިކްގެ މަސައްކަތުގެ ދާއިރާގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަންޖެހެއެވެ. އެހެންކަމުން މިގޮތަށް އެއްބަސްވެގެން ދިމާނުވާނަމަ ދެމަފިރިން ދިމާނުވެ ވަރަށް ގިނަ ދުވަސްތައް ފާއިތުވެގެން ދާނެ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

" ކޮންމެ ތިން ހަފްތާއަކުން އެއްފަހަރު އަހަރެމެން ދިމާވަން. އެއީ ކޮންމެ ތަނެއްގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް. އެހެން ނޫންނަމަ އަހަރެމެން ދުވަހަކުވެސް ދިމާނުވާނެ. މިއީ ކައިވެނި ކުރުމުގެ ކުރިންވެސް ވެފައިވާ އެއްބަސްވުމެއް" – ޕްރިޔަންކާ

މީގެ އިތުރުން ޕްރިޔަންކާ ބުނީ ކަންކަން އިންތިޒާމް ވެގެންދަނީ ދެމީހުންގެ ޓީމުގެ އިތުރުން އާއިލާއިންވެސް ވާހަކަދައްކައިގެން ކަމަށެވެ.

"ހަމަ އެކަނި އަހަރުމެން ދެމީހުންނެއް ނޫން ކައިވެނި ކޮށްގެން މި އުޅެނީ ދެފަރާތުގެ އާއިލާ އަދި ޓީމުވެސް މީގެ ތެރޭގައި ހިމެނޭ." – ޕްރިޔަންކާ

ޕްރިޔަންކާ އަދި ނިކް ގެ ކައިވެނީގެ ދެވަނަ އަހަރު ފާހަގަ ކޯށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގައެވެ. މި ދެ އަހަރުގެ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ ބައެއްފަހަރު ވަރަށް ގިނަ ދުވަސް ވެއްޖެހެންވެސް ހީވާކަމަށެވެ. އަދި ބައެއް ފަހަރު ފަޅި ސިކުންތެއް ހެންވެސް ހީވާ ކަމަށާއި މިއީ ވަރަށް "ވިއާޑް " އިހުސާސެއް ކަމަށް ޕްރިއަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައި ނެޓްފްލިކްސް ފިލްމް "ދަ ވައިޓް ޓައިގާ" އިންނެވެ. މި ފިލްމުގައި ޕްރިޔަންކާގެ އިތުރުން ރާޖްކުމާރު ރާއޯ އަދާޝް ގޯރަވް އަދި މަހޭޝް މަޖްނޭކަރް ވެސް ފެނިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.