ގެއަކުން ފޯނަކާއި ޓެބްލެޓެއް ވަގަށްނެގި މީހަކު ހޯދަނީ

ގެއަކުން ފޯނަކާއި ޓެބްލެޓެއް ވަގަށްނެގި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 03:03
0

މާފަންނުގެ ގެއަކުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ މިމީހާގެ ވީޑިއޯވެސް އާންމުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަޔަކީ މާފަންނު ގެއަކަށްވަދެ އެގޭ ސިޓިންގރޫމުގައި ބާއްވާފައި އޮތް ފޯނަކާއި ޓެބްލެޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ. .

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.