ރައީސް ވަހީދުގެ ބައްޕާފުޅު ނިޔާވެއްޖެ

ރައީސް ވަހީދުގެ ބައްޕާފުޅު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 10:58
0

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ނިޔާވެއްޖެއެވެ.

ރައީސް ވަހީދުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) ނިޔާވެފައިވަނީ މިއަދު ހެނދުނު 10:15 ކަން ހާއިރުގައެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު ނިޔާވީ އުމުރުން 92 އަހަރުގައި ކަމަށެވެ. އަދި އެއީ ކުއްލި މަރެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބައްޕަ ވަނީ 50 އަހަރުވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. އެގޮތުން އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރުގެ ޒިންމާދާރު އިސްމަގާމުތަކެއް ވަފާތެރިކަމާއި އިހުލާސްތެރިކަމާއި އެކު ފުއްރުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.