ރައީސް ނަޝީދުގެ ބެރިކަން ބަޣާވަތަކުން ވައްޓާލައި އެކަންކަމުގައި އިސްކޮށް ޝާމިލުވި މީހުން އަލުން ނިކުމެ އެމްޑީޕީއަށް ވެރިކަން ހޯދައި ދިނުމުން އެކަން ދިމާކުރާނެ ގޮތެއް ނޭގޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވެރިކަން 7 ފެބްރުއަރީ 2012 ގައި ނިމިގެންދިޔަ ހަނދާންތައް އާކުރައްވައި މޫސާ މަނިކު ކުރެއްވި ޓްވީޓުގައިވަނީ ރައީސް ނަޝީދު އާންމުކޮށް ބޭނުންކުރާ ލަވަ ހިއްސާ ކުރައްވައި ވެރިކަން ވައްޓާލި މީހުން އެމްޑީޕީއަށް ވެރިކަން ހޯދުމުން ދައްކާ ވާހަތަކާއި އަމަލާއި ދިމާވޭތޯ ދުވާލު އުފައްދާފައެވެ.
މިތުރުންގެ ހިތަށް ދަތިކުރި ކަޅުކޮންމެރެއެއްވެސް ފިތުރަތުގެއުސޫލުން ނިމެނީ ފަތިހަށެ އަމުދުން ނޭ ބުނާ މާނަ، ހަތެއް ފެބްރުއަރީގައި ނިގުޅައިގަތް ވެރިކަން އަލުން އިޔާދަ ކޮށްދޭން ބަޣާވަތް ކުރިމީހުން އަރުވާ ޖަހާފަ ނުކުމެ އެމްޑީޕީއަށްވެރިކަން އަލުންހޯދާދިނުމުން ދިމާވޭތޯ؟
– މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލު ކުރުމުގައި އެންމެ އިސްކޮށް ހަރަކަތްތެރިވި ބޭފުޅުންނަކީ މިއަދު އޮތް ވެރިކަންކުރާ ކޯލިޝަންގެ އެންމެ މުހިންމު ބައިވެރިންނެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، ރައީސް މައުމޫނަކީ އޭރުގެ ވެރިކަމައި ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އަދި މަޖިލީހުގައި މިއަދު ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުންނަކީވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
މަޖިލިސް ތެރޭގައިވެސް އެކި ފަހަރުމަތީން ހޯމް މިނިސްޓަރ އިމްރާން ހާޒިރު ކުރެވޭއިރު 7 ފެބުރުއަރީގެ ބަޣާވާތާއި ގުޅުންހުރި ގިނަ ދުވާލުތަކެއް އެމަނިކުފާނާއި ވަނީ އަމާޒުކޮށްފައެވެ. ނަމަވެސް އިމްރާން ވިދާޅުވެފައިނީ އެއީ މާޒީކަމަށެވެ.
ކޮމެންޓު ފޮނުވާ