ރައީސް ނަޝީދު އިސްތިއުފާދެއްވީ ޗާޓުންބޭރުވެ، ރައްޔިތުން އެކަމާއި ދެކޮޅަށް ނިކުތުމުން: ޖަމީލް

ރައީސް ނަޝީދު އިސްތިއުފާދެއްވީ ޗާޓުންބޭރުވެ، ރައްޔިތުން އެކަމާއި ދެކޮޅަށް ނިކުތުމުން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 10:08
0

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހި ވަޑައިގެންނެވީ ވެރިކަމުގައި ހުންނަވައިގެން ޗާޓުން ބޭރުން ހިންގެވި ކަންތައްތަކާއި ގުޅިގެން ރައްޔިތުން އެކަމާއި ދެކޮޅަށް ނިކުތުމުންކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ހަނދާންތައް މިއަދު އާކުރަމުންދާއިރު ޑރ.ޖަމީލް ވިދާޅުވީ އެދުވަހު އެމްޑީޕީން ކުރަމުންދިޔަ ވެރިކަމާއި މިއަދު ރާއްޖޭގައި ހިނގަމުންދާ ވެރިކަމާއި އެއްވެސް ތަފާތެއް ނެތްކަމަށެވެ. މިހާރުވެސް ޗާޓުން ބޭރުން ކުރަން ބޭނުންވާ ކަންކަންކޮށް ނިޒާމުން ބޭރުން އެތައް ކަމެއް ކުރަމުންދާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ނުހައްގުން އެތައް ބަޔަކު ޖަލަށްލައި އަނިޔާދީ ހަދަމުންދިޔައިރު މިއަދުގެ ވެރިކަމުގައިވެސް ފެނިގެންދަނީ އެމަންޒަރުކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން ވަކި ބަޔަކަށް ހުކުމް ކުރުމަށްފަހުގައިވެސް ގޭގައި ތިބެވޭނެ ގޮތްއިރު އަނިވާވެރިވާން ބޭނުންވާ މީހުން ތިބީ ނުހައްގުން ޖަލަށް ލެވިފައިކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ވެރިން ޗާޓުން ބޭރުވުން ރައްޔިތުން ބަލައެއް ނުގަނޭ. އެމްޑީޕީގެ މިވެރިކަމާއި އެވެރިކަމާ ތަފާތެއް ނެތް. އިންސާފުގެ ނަމުގައި އެއްބަޔަކު ހުރަގެއަށްލައި އަނެއް ބަޔަކާ ޑީލް. ކުޅެނީ އިންސާފުގެ ނިޒާމާ. ރައީސް ނަޝީދު ރައްޔިތުންގެ ބަހަށް އިސްތިޢުފާދެއްވީ އެއީ ކަން ނުވީމާ އޮތް ރަނގަޅުގޮތް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ހަނދާން އާކުރައްވައި މިއަދު ވަނީ ޅެންބައިތެއް ހިއްސާ ކުރައްވާފައެވެ. އެ ޅެންބައިތުގައިވަނީ އެހަނދާންތަކައި ދުރައް ނުދެވުނު ކަމަށާއި، އެކަމަކީ މަޢާފް ކުރެވޭނެވެސް ކަމެއްނޫންކަށެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ހަނދާންތައް އާކުރައްވާއިރު، އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް އެންމެބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވީ މިސަރުކާރު ކޯލިޝަން ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.