ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވެ ތިނަދޫ އަނެއްކާވެސް މޮނިޓަރިންއަށް

ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވެ ތިނަދޫ އަނެއްކާވެސް މޮނިޓަރިންއަށް

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 09:38
0

ކަރަންޓީނުގައި ނެތް މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އަނެއްކާވެސް ތިނަދޫ މޮނިޓަރިންއަށް ލައިފިއެވެ.

ތިނަދޫ އިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހަކީ އައްޑޫ ސިޓީ ކްލަސްޓާގައި ހިމެނޭ މީހެކެވެ. ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގަފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެފަހަރު ތިނަދޫ މޮނިޓަރިންއަށް ލާފައިވަނީ އެރަށަށް ދިޔަ ޖެންޑަރ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ޖެންޑަރ މިނިސްޓްރީގެ ދެ މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ތިނަދޫގައި މަޑުކުރުމަށްފަހު އެނބުރި މާލެ އައި ފަހުން ޓެސްޓްކުރުމުންނެވެ.

ތިނަދޫއިން ފަހުން ޕޮޒިޓިވްވި މީހާއާއަކީ ހޯމް ކަރަންޓީނުގައިވެސް ނެތް އަދި ގިނަ ބަޔަކާއ ބައްދަލުވެފައިވާ މީހަކަށްވުމުން ރަށުގެ ސްކޫލާއި، އާންމު ޚިދުމަތްދޭ ގިނަ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރަށުގައި ކޮންމެހެން ނިކުންނަންޖެހޭ ހާލަތްތަކުގައި ނޫނީ ނިކުމެ ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.