ހިތްދަތި ޅެންބައިތަކާއިއެކު ރައީސް ނަޝީދު 7 ފެބުރުއަރީގެ ހަނދާން އާކުރައްވައިފި

ހިތްދަތި ޅެންބައިތަކާއިއެކު ރައީސް ނަޝީދު 7 ފެބުރުއަރީގެ ހަނދާން އާކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 09:13
0

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ވެރިކަން ނިމިދިޔަ ހަނދާންތައް އާކުރައްވައި ހިތްދަތި ޅެން ބައިތެއް ހިއްސާ ކުރައްވައިފިއެވެ.

ރައީސް ނަޝީދު ހިއްސާ ކުރެއްވި ޅެންބައިތުގައި އެ ހަނދާންތަކުން ދުރުވުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި އެއީ ކޮށްފައިވާ ވަރަށްބޮޑު ކުށެއްކަމަށާއި، އެކަންތައްތަކަކީ މަޢާފް ކުރަން ފަސޭހަވާނެ ކަންތައްތަކެއް ނޫންކަމަށް ރައީސް ނަޝީދު ހިއްސާ ކުރެއްވި ޅެންބައިތުގައި ވެއެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިފަހުން މިއަދާއި ހަމަޔަށްވެސް އެމަނިކުފާނުދަނީ އަހަނދާންތައް ވަރަށް ހިތްދަތި ގޮތެއްގައި އަބަދުވެސް އާކުރައްވަމުންނެވެ.

7 ފެބުރުއަރީ 2012 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކަށްފަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައިދުވަހު ވަނީ މުޅި ރާއްޖޭގައި ބޮޑެތި ހަމަނުޖެހުން ހިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުން ހިންގާފައެވެ. 7 ފެބުރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ހިންގާފައިވަނީ "ބަޢާވާތެއް" ކަމަށް ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ދިވެހި ފުލުހުންކަމަށް ވިދާޅުވެ އެކި ފަހަރުމަތީން ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

7 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ހަނދާންތައް އެމްޑީޕީގެ ގިނަ މެމްބަރުންދަނީ ސޯޝަލް މީޑިޔާގައި އާކުރަމުންނެވެ. ގިނަ ބޭފުޅުންދަނީ އެދުވަހުގެ ހަނދާންތައް ހިމެނޭ ފޮޓޯތައް ސޯޝަލް މީޑިޔާއާއި ހިއްސާ ކުރަމުންނެވެ.

7 ފެބްރުއަރީ 2012 ވަނަ ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަވެފައިވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަމަށެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުން 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވައި ޖެހިގެން އައި 8 ފެބުއަރީގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ރާއްޖޭގެ އެތައް މުވައްސަސާއެއްގައި ހުޅުހައި އަންދާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.