ޝަމީތާގެ ފަރާތުން އާއިލާއިން މިހާރު އެދޭ ކަމަކީ މިއީ!

ޝަމީތާގެ ފަރާތުން އާއިލާއިން މިހާރު އެދޭ ކަމަކީ މިއީ!

ޝަމީތާ ޝެޓީގެ އުފަންދުވަސް ފާހަގަ ކުރުމާއި އެކު އާއިލާގެ ފަރާތުން އަވަހަށް ކައިވެނި ކުރުމަށް އޭނާކައިރީ އެދިއްޖެ އެވެ. މީގެ ތެރޭގައި ޝިލްޕާ ޝެޓީ އަދި ރާޖް ކުންދްރާ ވެސް ހިމެނެއެވެ.

މިދިޔަ ހޯމަ ދުވަހު އާއިލާއާއި ރަހުމަތްތެރިން ހިމެނޭ ގޮތަށް ޝަމީތާ ޝެޓީގެ އުފަންދުވަސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އާއިލާއާއި ގިނަ ރަހުމަތްތެރިންގެ ފަރާތުން ލޯބިވެތި އެތަށް މެސެޖުތަކެއް ޝަމީތާއަށް ވަނީ ލިބިފައެވެ. މީގެ ތެރެއިން ބައެއް މެސެޖުތައްވަނީ މީސްމީޑިއާގައިވެސް އާންމުކޮށްފަ އެވެ.

މީގެ ތެރެއިން ފާހަގަ ކޮށްލެނީ ޝިލްޕާ ޝެޓީގެ މެސެޖެވެ. އުފަންދުވަހުގެ މެސެޖެއްގެ ގޮތުގައި ޝިލްޕާ ޝެޓީވަނީ ޝަމީތާ ޝެޓީއަށް ޅެމެއް ހަދާފައެވެ. އަދި މި ޅެން ވަނީ ޝިލްޕާ އަދި ޝަމީތާގެ ފޮޓޯއަކާއި އެކު އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.

ޝިލްޕާގެ މި ޕޯސްޓަށް ކޮމެޓު ކުރަމުން ސުނަންދާ ޝެޓީ ވަނީ ޝަމީތާއަށް އުފާވެރި އަދި ބާއްޖަވެރި ދުވަހަކަށް އެދިފައެވެ. ސުނަންދާ އަކީ މި ދެބެއިންގެ މަންމައެވެ.

މީގެ އިތުރުން ރާޖް ވެސް ވަނީ ޝަމީތާ އަދި ރާޖްގެ ފޮޓޯތައް އުފަންދުވަހުގެ މުނާސަބަތުގައި ހިއްސާކޮށްފަ އެވެ. މީގެ ފޮޓޯއެއްގައި އުފަންދުވަހުގެ ތަހުނިޔާއާއި އެކު އަވަހަށް މީހަކާއި އިނުމަށް ރާޖް ވަނީ އެދިފައިއެވެ. އަދި އަވަހަށް މީހަކާ ނީދެއްޖެނަމަ އޭނާ އަމިއްލައަށް ޝަމީތާ އަށް އިންނާނެ ކުއްޖެއް ހޯދާއިދޭނެ ކަމަށް ވަނީ ބުނެފައިއެވެ. މި ޕޯސްޓައް ޖަވާބު ދެމުން ޝަމީތާ ބުނެފައި ވަނީ އޭނާއަށް ލިބިފައިވަނީ ދުނިޔޭން އެންމެ ރަނގަޅޫ "ޖީޖޫ" (ޅިޔަނު) ކަމަށެވެ.

 

View this post on Instagram

 

A post shared by Raj Kundra (@rajkundra9)

ޝަމީތާ ޝެޓީވެސް ވަނީ އޭނާގެ އުފަންދުވަހުގެ ފޮޓޯ އިންސްޓަގްރާމުގައި އާންމު ކޮށްފައެވެ. މި ފޮޓޯގައި ޝިލްޕާ އިތުރުން އާއިލާގެ އިތުރު މެމްބަރުންވެސް ފެނިގެންދެއެވެ. މި ފޮޓޯއާއި އެކު ޝަމީތާ ވަނީ އޭނާގެ އުފަންދުވަސް ޚާއްސަ ދުވަހަކަށް ހަދައިދިން އެންމެނަށްވެސް ޝުކުރު އަދާކޮށްފަ އެވެ.

ޝަމީތާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ދިޔައީ މޯނާ ސިންގް އަދި ސްވަސްތިކާ މުކަރްޖީއާ އެކު "ބްލެކް ވިޑޯސް" ވެބް ސީރީޒުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *