ހުޅުދެލި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ހުޅުދެލި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
06 ފެބްރުއަރީ 2021 02:45
0

ދ.ހުޅުދެލީ ލަފާފުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެރަށު ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތް ބާރަށް ދަނީ ކުރިއަށް ގެންދަމުންނެވެ.

އެމްޓީސީސީން ބުނެފައިވަނީ ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %25 ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %80 ވަނީ ނިމިފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަސައްކަތް ކުރުމަށް އެރަށު ފަޅުން ސާޅީސް ހާސް ފަސްސަތޭކައަށްޑިހަ ފަސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެދަށުން އެރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެދަށުން ބަނދަރު ސަރަޙައްދުގެ ގޮންޑުދޮށް ޙިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުންމަށްވެސް ވަނީ ހިމަނާފައެވެ.އަދި ބަނދަރުގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރުގައި ލައީޓްޖެހުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 10 ޑިސެމްބަރ 2019ގައެވެ. 1 އަހަރު ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 39.8 މިލިއަން ރުފިޔާއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.