ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭގައި މިހާތަނަށް 4،269 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 3،573 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 696 މީހެކެވެ. މިއަދު އެކަނިވެސް 1،003 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 787 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 216 މީހެކެވެ. މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ