އައްޑޫސިޓީ ހުޅުމީދޫއަށް ރާއްޖޭގެ މީހުން އާންމުކޮށް ބޭނުންކޮށް ނޫޅޭ ވައްތަރުގެ ކަނދު ފައްޗެއްލައި އޭގެއިން އިންސާނެއްގެ އިސްތަށިގަނޑެއް ފެނިއްޖެއެވެ.
ހުޅުމީދޫއިން މިކަދުފެނިފައިވަނީ މިއަދު އާންމުންގެ ބަޔަކަށެވެ. މިކަދުފައްޗަކީ އާންމުކޮށް ފެންނަ ވައްތަރުގެ ކަނދުފައްޗަކަށް ނުވުމުން މިފެނުނު މީހުންވަނީ މިކަން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. އަދި ފުލުހުން އައިސް ބެލިލުމުން ކަނދުފަތިން ވަނި އިންސާނެއްގެ އިސްތަށި ގަނޑުވެސް ފެނިފައެވެ. ފުލުހުންދަނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ދިގުމިނުގައި 18 ފޫޓު ހުރިއިރު ފުޅާ މިނުގައި 10 ފޫޓު ހުރި މިކަނދުފަތިން ފެނުނު އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ލޭވެސް ހުރިކަމަށް އެސަރަހައްދުން އެމަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ. މިކަންދު ފަތީގަ ވަށައިގެން ދިދަ ޖަހައި ކޮންމެވެސް ވަރަކަށް މީހުވެސް އޭގެ ތެރޭގައި އުޅެފައިވާ ފަދަ ނިޝާންތަކެއް ވަނީ ފެނިފައެވެ.
ކަނދުފަތިތަކަކީ ރާއްޖޭގައިވެސް ބޭނުން ކުރަމުންދާ އެއްޗަކަށްވީނަމެސް މިކަނދު ފައްޗާއި، ދިވެހިން ބޭނުން ކުރާ ކަނދުފަތިތަކާއި ވަރަށް ތަފާތެވެ.
ކޮމެންޓު ފޮނުވާ