މާލޭގެ ހުޅަނގު ދެކުނުން 21 ނޯޓިކަލް މޭލު ބޭރުގައި އޮތް "އީކުއޭޓާ" ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަނަށް ކުރިމަތިވި ކުއްލި ޞިއްޚީ މައްސަލައަކާއި ގުޅިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ސްކޮޑުގެ އެހީތެރިކަމާއިއެކު މާލެ ގެންނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:47 ގައިކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މިމީއާއަށް ކުއްލި ފަރުވާ ދިނުމަށް އެދިފައިވަނީ ކުލިއަކަށް ނޭވާ ނުލެވި އުދަނގޫ ވެގެންކަމަށާއި، ހާލު ދެރެވެގެން މާލެ ގެންނަނީ ޑައިވިން ދޯނީގެ ކެޕްޓަންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މިމީހާ މާލެއަށް އަވަސް ފެރުވާއަށް ގެނައުމަށް ކޯސްޓް ގާޑު ލޯންޗުގައި މިހާރުދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ