އެމްޕީއެލްގައި ރޭ ދަންވަރު ނުރައްކާތެރި ހާދިސާއެއް ހިނގައި އެކަކުގެ ހާލު ވަރަށް ވަރަށް ކްރިޓިކަލް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރޭ ދަންވަރު ގާތްގަޑަކަށް 2:15 ހާއިރު ހިނގި މިހާދިސާގައި އަނިޔާވެ ސީރިއަސް ހާލުގައި ފަރުވާ ދެމުންދަނީ އެމްޕީއެލްގެ މަޖޫރީ އަކަށެވެ. އޭނާގެ ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓި ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މިހާދިސާއާއި ގުޅިގެން އެމްޕީއެލްއިން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޒަހަމްވި މީހާ އަށް އައިޖީއެމްއެޗްގެ މެއިން ތިއޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެމީހާ އަށް ފަރުވާ ދިނުމަށްޓަކައި އެ ހޮސްޕިޓަލަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެމް.ޕީ.އެލްގެ ސައިޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އެކަކަށް ފަރުވާދެމުންދާއިރު، މިދިޔަމަހުގެ 7 ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައި ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެ ޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ