ކޯވިޑް-19: ފަރުވާދެމުންދިޔަ 84 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19: ފަރުވާދެމުންދިޔަ 84 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 09:05
0

ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ މީހަކު ނިޔަވެއްޖެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެއްކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި 54 ވަނަ މީހާއެވެ. މިމީހާ ނިޔާވެފައިވަނީ މިރޭ 20:20 ގައިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑް-19ގައި އިއްޔެވެސް ވަނީ މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވާން ފަށާފައިވާއިރު، މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރެއިން 1879 ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 178 މީހަކަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 54އަކަށް އަރާފައިވާއިރު، އޭގެ ތެރޭގަިއ ހިމެނެނީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.