ޕޫޖާ ހުސްގަޔާ ފޮޓޯއެއް އާންމު ކުރުމަށް މީހަކު އެދުމުން ދިނީ މަޖާ ޖަވާބެއް!

ޕޫޖާ ހުސްގަޔާ ފޮޓޯއެއް އާންމު ކުރުމަށް މީހަކު އެދުމުން ދިނީ މަޖާ ޖަވާބެއް!

ޕޫޖާ ހެގްޅޭގެ ބަރަހަނާ ފޮޓޯއެއް އާންމު ކުރުމަށް ސަޕޯޓަރަކު ކުރި "ރިކުއެސްޓަކަށް" އޭނާ މަޖާ ރައްދެއް ދީފިއެވެ.

ފަހަކަށް އައިސް ފަންނާނުން އެ ފަންނާނުންގެ ފޭނުންނާއި އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން މީސްމީޑިއާގެ ބޭނުންދަނީ ވަރަށްބޮޑަށް ކުރަމުންނެވެ.

މިގޮތުން އިންސްޓަގްރާމުގައި ގިނަ ފަންނާނުން ދަނީ ފޭނުންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ. މީގެ ތެރެއިންވެސް "ޕޯސްޓް އަ ޕިކް" ޓްރެންޑަކީ ގިނަ ފަންނާނުންގެ ތެރޭގައި މަޝްހޫރު ޓްރެންޑެކެވެ.

ޕޫޖާ ވެސް ވަނީ މި ޓްރެންޑުގައި ބައިވެރިވެފައެވެ. އެގޮތުން އޭނާ ވަނީ ގިނަ ބެލުންތެރިންގެ "ރިކުއެސްޓް" ތަކަށް ޖަވާބު ދީފައެވެ. އަދި އޭނާވަނީ އޭނާގެ ގިނަ ފޭނުންގެ ހިތްތައް ފަތަހަކޮށްފަ އެވެ.

އެހެންނަމަވެސް މިތަނުންވެސް ފާހަގަ ކޮށްލެވޭ ފޭނެއްގެ ރިކުއެސްޓަކަށް އެންމެންގެ ޝައުގުވެރިކަން ވަނީ ހޯދާފައެވެ. މި ރިކުއެސްޓް ފާހަގަވީ ޕޫޖާގެވެސް ޝައުގުވެރުކަން ހޯދި ރިކުއެސްޓަކަށެވެ. އޭނާ އެދުނީ ޕޫޖާ ހުސްގަޔާ ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމެވެ.

މި ރިކުއެސްޓަށް ރައްދު ދެމުން އޭނާގެ ހުސް ފައިގެ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ. އަދި މި ފޮޓޯއާއި އެކު ވަނީ " ނަންގޭ ޕާއޯ" (ހުސް ފަޔާ) މިހެން ޖަހާފައެވެ. ގިނަ ބެލުންތެރިންނަށް މި ރައްދުވެފައިވަނީ ވަރަށް މަޖާ ރައްދަކަށެވެ.

މީގެ އިތުރުން ޕޫޖާ ވަނީ އޭނާ މީގެ ކުރިން ހިއްސާކޮށްފައިނުވާ އުފަންދުވަހުގެ ފޮޓޯއެއް ވެސް ބެލުންތިންނާއި ހިއްސާކޮށްފައެވެ. މިއީ ޓެލަގޫ ފިލްމު "އަލާ ވިކުންތަޕުއްރަމުލޫ"ގެ ސެޓުގައި އައްލޫ އަރުޖުން އާއި ޑައިރެކްޓަރ ޓްރިވިކްރަމް އަދި ޓީމުގެ އެހެން މެމްބަރުންނާއި އެއްކޮށް ނަގާފައިވާ ކޭކު ފަޅާ ފޮޓޯއެކެވެ. މި ފޮޓޯ ކުރިން ހިއްސާ ނުކުރެވުނީ އެ ފިލްމުގެ ކޮސްޓިއުމްއެއް ލައިގެން ހުރީމަކަށް ޕޫޖާ ވަނީ ބުނެފައިއެވެ.

ޕޫޖާގެ މަސައްކަތުގެ ދާއިރާއަށް ބަލައިލާއިރު އެނާ ދެން ދެން އެންމެ އަވަހަށް ފެންނާނީ ޕްރަބާސްއާއި އެކު "ރާދޭޝިޔަމް" އިންނެވެ. އަދި ހަމަ މިއާއެކު ޓެލަގޫ ފިލްމު "މޯސްޓު އެލިޖަބަލް ބެޗްލާ" އިން އަކިލް އާއި އެކުގައިވެސް ޕޫޖާ ފެނިގެންދާނެއެވެ. ހިންދީ ފިލްމަކަށް ބަލާނަމަ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކަބީ ޢީދު ކަބީ ދިވާލީ" އިންވެސް ޕޫޖާ ފެނިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *