ރައްޔިތުންގެ މަޖިލިސް މިއަހަށް ހުޅުވަން ބޭއްވި ޖަލްސާގައި ހިންހަމަނުޖެހި ޝުޢޫރުފާޅު ކުރަން ފެށުމުން ޖާބިރު މަޖިލިސް ތަޅުމުން ނެރެ އެކި ވަރުގެ އަނިޔާ ލިބުމާއި ގުޅިގެން އަނބިކަބަލުން ދިޔާނާ ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުންދިޔަ އިރު މަޖިލީހުގެ ތަޅުމުގައި ޝުޢޫރުފާޅުކޮށް އަޑު އުފުލަމުން ދިޔަ ހަމައެކަނި މެމްބަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ޖާބިރުއެވެ. ޖާބިރު މަޖިލީހުގައި އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހުރިއްޔާ ދެއްކެވި ވާހަތަކަށް ނުރުހުން ފާޅު ކުރުމާއި ގުޅިގެން ޖާބިރު ވަނީ މަޖިލިސް ތަޅުމުން ނެރުމަށްފަހު ތަޅުމަށް ނުވަދެވޭނެ ހެން ހަދާފައެވެ.
– Nan ivvaa nerun ✅
– Hey aruvaalaane kamah bune, kudhinkolheh neregen thelhun ❌Miadhu mijehunee hatharudhamu bondithaan alhan innan. pic.twitter.com/nSAO4x6YBf
— Dhiyana ??? (@dhiyanasaid) February 4, 2021
ތަޅުމަށް ނުވަދެވޭނެހެން މަޖިލީހުގެ ސެކިއުރިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ވަންނަން ހުރި ހުރިހާ ގޭޓެއްގައި ސެކިއުރިޓީ ބަލަހައްޓާފައެވެ. ޖާބިރު ވަނީ މަޖިލީހުގެ ސެކިއުރިޓީން އޭނާ ނުވެއްދުމަށް މަސައްކަތް ކުރިނަމަވެސް ތަޅުމަށް ވަންނަން މަސައްކަތް ކުރާވަފައެވެ. ނަމަވެސް އޭނާއަށް ވަނީ ތަޅުމަށް ވަދެވޭ ގޮތް ނުވެފައެވެ.
ޖާބިރު މިއަދު މަޖިލިސް ނިންމުމަށްފަހު ގެއަށް ވަޑައިގަތުމުން ލިބި ވަޑައިގެންނެވި އެކި އަނިޔާތަކާއި ގުޅިގެން އަނބިކަބަލުން އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި މިއަދު ހަތަރުދަމު ޖާބިރު ގައިގައި ބޮނޑިތާންކޮށް، ލިބިވަޑައިގެންނެވި އަނިޔާތަކަށް ދިޔާނާ ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ