Ad
ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 07:31
0

އިޓަލީގެ ޔުވެންޓަށް އަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ޤައުމީ ޓީމާއިއެކު ކުޅުނު އެކުވެރި ކަމުގެ 2 މެޗަށްފަހު މިއަދު ކުރި ޓެސްޓުތަކުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ރޮނާލޯޑޯ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ ވަނީ މިހާރު އައިސޮލޭޓްކޮށްފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މާދަމާރޭ ޕޯޗުގަލް ސްޑެންއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މި މެޗްގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެ އެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ޕޯޗުގަލްގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް ކޯވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އޭނާ ކުޅުނު މެޗްގައިވަނީ ދެގޯލް ޖަހައި ޤައުމީ ޓީމަށް 100 ގޯލް ޖެހުމުގެ ރެކޯޑް ހަދާފަ އެވެ.

ރޮނާލްޑޯ ވަނީ އޭނާ ކުރިން ކުޅުނު މަޝްހޫރު ދެ ކްލަބް ކަމަށްވާ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ރެއާލުގައި ގިނަ ރެކޯޑްތަކެއް މުގުރާލައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ އެ ކްލަބުގެ ރެކޯޑަކަށެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު އަދި ފީފާ އިން ދާދި ފަހުން ތައާރަފްކުރި ފީފާ ބެސްޓް އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.