ނޭޝަންސް ލީގުގައި މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނައިރު ގޮންޖެހުން ގިނަ ކަމަށާއި މެޗު އުނދަގޫ ވާނެކަމަށް ޖަރުމަނުގެ ކޯޗު ޖޮކިމެން ލޯ ބުނެފިއެވެ.
މެޗަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ލޯ ބުނީ މި މުބާރާތުގައި މިހާތަނަށް ސްވިޒަލޭންޑުން ވަރަށް ރަނގަޅު ކުމެއް ދައްކައިފަވާކަމަށެވެ. ދުނިޔޭގެ އެންމެ މަތީފަންތީގައި ވާދަކޮއްލެވޭ ފެންވަރުގެ ކުޅުންތެރިން އެ ޓީމުގައި ހިމެނޭކަމަށާއި އެއީ ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުންދާ ޓީމެއް ކަމަށް ލޯ ބުނެފައިވެ އެވެ. ޖަރުމަނު ކޯޗު ބުނީ އެންމެފަހުން ސްޕެއިންނާ ދެކޮޅަށް ކުޅުނު މެޗުވެސް އެޓީމުން ސްޕެއިންނަށް މާގިނަ ފުރުސަތަތަކެއް ދީފަނުވާކަމަށެވެ. ޔުކްރެއިން މެޗުގައި ދެއްކިފަދަ ކުޅުމެއް ދެއްކިއްޖެނަމަ ސްވިޒަލޭންޑް އަތުން މޮޅެއް ހޯދޭނެކަމަށް ލޯ ބުނިފައިވެ އެވެ.
ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ، މެޗުގައި އަހަރަމެންގެ އެޓޭކް ރަނގަޅުވާނެކަމަށް އުންމީދު ކުރަން، އިދިކޮޅަށް ނުކުންނަ ޓީމަން ސްވިޒަލޭންޑުން އަބަދުވެސް އުނދަގޫކުރުވާ
– ޖަރުމަންގެ ކޯޗް ލޯ
މެޗުގެ ކުރިން ސްވިޒަލޭންޑް ކޯޗު ވަލްޑްމީރް ޕެޓްކޮވިޗް ބުނީ މެޗަށް ނުކުންނައިރު ވިސްނަނީ ވަރަށް ޕޮޒެޓިވްކޮށް ކަމަށާއި ބޭނުން ވަނީ ސްޕެއިން މެޗުގައި އެޓީމުން ނެރުނު ހިއްވަރުދެއްކުމަށް ކަމަށެވެ.
ޕްޒެޓިވް ވިސްނުމެއްގައި މެޗާ ކުރިމަތިލާން ބޭނުންވަނީ، މެޗުން ޕޮއިންޓެއް ހޯދުނަސް އެއީ ލިބޭނެ ކާމިޔާބެއް، ޓީމުގެ ފަހަތުން ވަރަށް މޮޅަށް ކުޅެގެން ނޫނީ މި ކަހަލަ ޓީމެއް ނުހިފެހެއްޓޭނެ
– ޕެޓްކޮވިޗް ބުނިއެވެ.
މި ދެޓީމް މިދިޔަ މަހު ނޭޝަންސް ލީގުގައި ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެނެވެ.