ޤައުމީ ޔުނިވަރސިޓީގެ ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޝުޖޫން

ޤައުމީ ޔުނިވަރސިޓީގެ ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޝުޖޫން

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 02:22
0

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ހަމަޖައްސައިފިއެވެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އޮންނަ އެޑްވައިޒަރީ ކޮމިޓީއަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ބޭފުޅަކު ހަމަޖައްސަވައިދެއްވުމަށް އެ ފެކަލްޓީން އެދިވަޑައިގެންފައި ވާތީ ކޮމިޝަންގެ މެމްބަރ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެ ކޮމިޓީއަށް ހަމަޖެއްސުމަށް 31 ޖަނަވަރީ 2021 ގައި ބޭއްވި ކޮމިޝަންގެ މި އަހަރުގެ 08 ވަނަ ޖަލްސާގައެވެ.

އަދި ކޮމިޝަނުން އިތުރަށް ނިންމަވާފައި ވަނީ މި ކޮމިޓީގެ ބައްދަލު ވުންތަކަށް އެ ފެކަލްޓީން ޢިނާޔަތެއް ދެއްވިކަމުގައި ވިޔަސް ކޮމިޝަނުން ހަމަޖެއްސެވި ބޭފުޅާ އެ ކޮމިޓީގައި މަސައްކަތްކުރައްވާނީ އެއްވެސް އުޖޫރައެއް ނެންގެވުމެއް ނެތި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.