ހަމަސްތެރޭ ވެކްސިންދީ ނިމެނޭ، ހުރިހާ ރައްޔިތުން ވެކްސިން ޖައްސަވާ: ރައީސް

ހަމަސްތެރޭ ވެކްސިންދީ ނިމެނޭ، ހުރިހާ ރައްޔިތުން ވެކްސިން ޖައްސަވާ: ރައީސް

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 09:16
0

ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ފަށާ ކޯވިޑް ވެކްސިން ޕްރޮގުރާމުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިލްތުމާސް ކުރައްވައިފިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިންދަތި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށެވެ. ނަމަވެސް ޞިއްޚީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޚީ މަސައްކަތްތެރި ކުރެއްވި މަސައްކަތަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

ކޯވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވެކްސިނަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.

މިއަދު ރާއްޖޭގައި ޖަހަން ފަށާފައިވާ ވެކްސިނަކީ އިންޑިޔާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނެކެވެ. އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ.

ރާއީސް ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.