ބަރުމާގެ އަސްކަރިއްޔާ އިން އެގައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށް ހިންގަމުންދަނީ ރާއްޖޭގައި 2012 ވަނަ އަހަރު ހިންގިފަދަ ބަޢާވާތެއް ކަމުގައި އޭރުގެ ރާއްޖޭގައި ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަރުމާގެ އަސްހަކިއްޔާއިން އެޤައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރު ކުރުމާއި ގުޅިގެން 7 ފެބުރުއަރީ 2012 ގެ ހަނދާން އާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބަރުމާގައި ހިނގަމުދަނީ ބަޤާވާތެއްކަމަށެވެ. އަދި އޭއީ އެމަނިކުފާނު ވެރިކަމުން ވައްޓާލުމަށް ރާއްޖޭގައިވެސް އޭރު ހިންގިފަދަ ބަޢާވާތެއްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު ބަރުމާގައި ހިނގަމުންދާ ކަންތައްތަކާއި، އެމެރިކާގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކީ ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކާއި އެއްފަދަ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ބަޢާވާތުގެ ކަންތައްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.
What’s happening in Burma this morning is eerily similar to what happened in Maldives on 7 February 2012. Shows importance of reforming institutions & being vigilant against coups plotters and baagees- they lurk everywhere, from Male, to Rangoon, to Washington DC.
— Mohamed Nasheed (@MohamedNasheed) February 1, 2021
ކުއްލި ގޮތަކަށް ބަރުމާ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިމިވަނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އެގައުމުގެ އަސްކަރިއްޔާ އިން ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. ކުއްލި ގޮތަކަށް ބަރުމާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިމިވަނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އެގައުމުގެ އަސްކަރިއްޔާ އިން ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. އެގޮތުން އެ އިންތިހާބުގައި ނޭޝަނަލް ލީފް ފޯ ޑިމޮކްރެސީން ވަނީ ސަރުކާރެއް އުފެއްދޭ މިންވަރަށް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
ގާތްގަނޑަކަށް 50 އަހަރުވަންދެން ބަރުމާގައި ވެރިކަން ކުރަމުން އައިސްފައިވަނީ އެގައުމުގެ އަސްކަރިއްޔާ އިންނެވެ. ނަމަވެސް 2010 ވަނަ އަހަރު އެކަން ބަދަލުވިއިރު، ބަރުމާގެ ގާނޫނު އަސާސީ މިހާރު ބުނާގޮތުން އެގައުމުގެ އަސްކަރިއްޔާ އަށް ގާނޫނު ހަދާ މަޖިލީހުން ވަކި މިންވަރަކަށް ގޮނޑިތަކެއް ދޭން ލާޒިމު ކުރެއެވެ.
ކޮމެންޓު ފޮނުވާ