ކޯވިޑް-19: ހުޅުމާލޭ މެޑިކަލްފެސިލީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19: ހުޅުމާލޭ މެޑިކަލްފެސިލީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 08:26
0

ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީގައި ފަރުވާދެމުންދިޔަ މީހެކެވެ. މިމީހާ ނިޔާވެފައިވަނީ މިރޭ 7:30 ހާއިރުކަމަށް އެޗްއީއޯސީން ބުނެއެވެ. ނިޔާވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 15،736 އަށް އަރާފައެވެ. އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ. ދުވާލެއްގެ މައްޗަށް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 50 އިން މަތީގައި ހުންނަތާ ހަފްތާއެއްފަހުން މިމަހުގެ 24 އިން ފެށިގެން ދުވާލެއްގެ މައްޗަށް ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ ޢަދަދު މިވަނީ 100 އިން މައްޗަށް އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،582 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 152 މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.