ރައީސް ޔާމީން އަންގާރަ ދުވަހު ޕޮލިހަށް ހާޒިރު ކުރަނީ

ރައީސް ޔާމީން އަންގާރަ ދުވަހު ޕޮލިހަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 07:56
0

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގާރަ ދުވަހު ޕޮލިހަށް ހާޒިރުވާން އަންގައިފިއެވެ.

ރައީސް ޔާމީން ޕޮލިހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ނޭގުނުނަމަވެސް، މިއީ މިހާރު ކުރިއަށްދާ ޝަރީއަތްތަކާއި ގުޅުމެއްނެތް މުޅިން އާ މައްސައެއްގެ ތަހުގީގުކަމަށް އެގިފައިވެއެވެ. ރައީސް ޔާމީންއާއި ގުޅުންހުރި މައްސަލަތަކެއް ފުލުުހުން ތަހުގީގް ކުރަމުންދާއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންދާއިރު، އިތުރު މައްސަލަތަކެއްގައި މިހާރުވެސް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ އެތައް ބައެއްގެ ޝާމިލުވުން އޮތް މައްސަލައަކަށްވާއިރު މިމައްސަލާގައި ރައީސް ޔާމީނާއި ގުޅުންހުރި މައްސަލަތައް އެކަނި ބަލަމުންދާކަމީ އިދިކޮޅު ފަރާތްތަކުން ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލެއާއި މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ފެށުމުން އެމަނިކުފާނުގެ އިތުރު މައްސަލަތައް ބަލައި، ތަހުގީގުތައް އަވަސް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި އިހުތިޖާޖުގައިވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.