ބިލެއްފަހި ބަނދަރުގެ މަސައްކަތް ފަށައިފި

ބިލެއްފަހި ބަނދަރުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 09:13
0

ށ.ބިލެއްފަހި ބަނދަރުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާކަމަށެވެ. ބިލެތްފަހީ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވީ ކޯވިޑް-19ގެ ސަބަބުން ދަތުރުކުރުމަށާއި، ކަމާބެހޭ ފަރާތްތަކަށް މަސައްކަތްކުރަން ހަމަޖެހިފަވާ ރަށްރަށަށް ދިއުމަށް ދިމާވި ދަތިތަކާއި ގުޅިގެންނެވެ.

ބިލެއްފަހި ބަނދަރަކީ އެންމެ ފުރަތަމަ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލިއިރުވެސް ވަދެ ނިކުތުމުގެ މައްސަލަ ދިމާވާން ފެށި ބަނދަރެކެވެ. އެމައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން ށ. ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރ އެއްގަމު ތޮށި ހެދުމާއި، 05 މޫރިން ބުލޮކް ލުމާއި، 11 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1150 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 14325 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ. މި މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.