ރާކީ މި ފަހަރު ކުރި ސަމާސާ ރުބީނާއަށް ކަމަކު ނުދިޔަ!

ރާކީ މި ފަހަރު ކުރި ސަމާސާ ރުބީނާއަށް ކަމަކު ނުދިޔަ!

Author
ފާތިމަތު ނާވީ
30 ޖެނުއަރީ 2021 09:11
0

އެންޓަޓެއިން ކުރުމުގެ ނަމުގައި ރާކީ ސާވަންތު އަބިނަވް ޝުކުލާ ދެކެ ލޯބިވާކަމަށް ބުނެގެން އުޅުނު ނަމަވެސް، ރާކީ މި ފަހަރު ކުރި ސަމާސާގެ ސަބަބުން އަބިނަވް އާއި އޭނާގެ އަންހެނުން ރުބީނާ ދިލައިކް އަދި "ބިގްބޮސް-14″ ގެ އެހެން ބައިވެރިންވެސް ތިބީ ޝޮކުގައެވެ.

އަބިނަވްގެ އަންހެނުން ރުބީނާގެ އެތަށް އިންޒާރަކަށް ފަހުވެސް ރާކީގެ ހަރަކާތްތަކަށް ހުއްޓުމެއް ނާދެއެވެ. އެގޮތުން ހުކުރު ދުވަހުގެ އެޕިސޯޑުގައި ފެނިގެންދިޔައީ ރާކީ "ކަބޫތަރް ޖާ ޖާ" ލަވަ ކިޔަމުން އަބިނަވް ޝުކުލާގެ ކައިރިއަށް އައިސް އަބިނަވްގެ ސޯޓުގެ ނާޑުވާގައި ހިފާ މަންޒަރެވެ.

މި ތަން ފެނުމުން ރުބީނާ ވަނީ ރުޅިވެރި ނަޒަރަކުން ރާކީ އާ ދިމާއަށް ބަލާލާފައި ހައްދުން މާ މައްޗަށް ނުދިއުމަށްބުނެ އިންޒާރެއް ދީފައެވެ. އަދި އޭނާގެ ފިރިމީހާއަށް އިހުތިރާމް ނުކުރާނަމަ އެންމެ ފުރަތަމަ އޭނާއާއި ކުރިމަތި ލާންޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.

މި އިންޒާރަށް ރައްދުދެމުން ރާކީ ބުނެފައިވަނީ ރުބީނާގެ ފިރިމީހާއަށް ވާނީ ގޭގައި ކަމަށާއި އެންމެންނަށް މިތަނުގައި އަބިނަވްއަކީ ހަމައެކަނި ބިގްބޮސްގެ ބައިވެރިއެއްކަމަށެވެ.

ރުބީނާ ރާކީގެ މި ސަމާސާއާ މެދުގައި ހިތްހަމަނުޖެހި، ރާކީއަށް ލިމިޓުގައި ހުންނަން ނޭނގޭކަމަށް ބުނުމުން ބަދަލުގައި ރާކީ ބުނެފައިވަނީ އޭނާއަށް "ލިމިޓުތައް ކިޔައިދޭން ތިއަކީ ކާކުހޭ" ކަމަށެވެ. ރުބީނާއަށް އޭނާ ނުހުއްޓުވޭނެ ކަމަށް ބުނެ އޭނާ އަބިނަވް ދެކެ ލޯބިވާކަމަށާއި ހަސަދަ ވާ މީހަކު ވާންވީ ކަމަށް ރާކީ ވަނީ ބުނެފައެވެ.

އަދި ރާކީ އެއީ ސަމާސާއެއް ކަމަށް ބުނުމުން ރުބީނާ ބުނީ ސަމާސާއާއި ގަސްދުގައި އެގޮތަށް އުޅުމަކީ ތަފާތު ދެ ކަމެއްކަމަށެވެ.

މިފަހުން ރާކީ ވަނީ ގައިގާ ލިޕްސްޓިކުން "އަބިނަވް އައި ލަވް ޔޫ" އޭ ލިޔެގެން މުޅި ދުވަސް ހޭދަކޮށްލާފަ އެވެ. މިފަދަ ކަންތަކުން އަބިނަވްގެ އަންހެނުން ރުބީނާ އަދި ރާކީ އާއި ދެމެދުގައި ވަނީ ރުޅިވެރިކަން އުފެދިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.