ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 06:31
0

ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. މި އިންސްޕެކްޝަންތަކަށްފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތްތައް ލަސްތަކެއްނުވެ ފަށާނެކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު، ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗުޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ.

ހިޔާފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ގިނަ ދުވަސްތަކެއްވެ ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ. ފްލެޓްތަކުގެ ލިސްޓުތައް އާންމުކޮށް އެކި ކެޓަގަރީތަކުން ލިސްޓުތައް އާންމު ކުރާއިރު ބޮޑެތި ޝަކުވާތައް ދަނީ ފެންމަތިވަމުންނެވެ. ޚާއްސަކޮށް މާލޭގައި ދަތި ހާލުގައި ތިބި މީހުންނަށް ފްލެޓް ނުލިބި ޕޮއިންޓް މަދުވެފައިވާ މައްސަލާގައި ބޮޑެތި ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.