ވެކްސިނާއި މެދު ސުވާލު އުފައްދައި ވެކްސިން ގޯސްކަމަށް ވާހަކަ ދައްކާނަމަ ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިން ތައްޔާރުކޮށް ނުދިނީ ކީއްވެތޯ ވިދާޅުވެ ޔުމްނާ މައުމޫން ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް ރައްދު ދެއްވައިފިއެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދައްކަމުންދާ ވާހަތަކާއި ގުޅިގެން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެން ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވީ ވެކްސިނާއި މެދު ސުވާލު އުފައްދައި ވެކްސިން ގޯސްކަމަށް ވާހަކަ ދައްކާނަމަ ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިން ތައްޔާރުކޮށް ނުދިނީ ކީއްވެތޯ ކަމަށެވެ.
ޔުމްނާގެ މިވާހަތަކާއި ގުޅިގެން މިވާހަކަ އެންމެބޮޑަށް ނިސްބަތްވާ މުންދު ވިދާޅުވީ ވެކްސިންގެ ވާހަކަ ދައްކަން ސައިންޓިސްޓަކަށް ވާންޖެހޭކަމަށް ވިދާޅުވާނަމަ، ޔުމްނާ ނިސްބަތްވާ ސަރުކާރުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ރައީސަކީ ރޮކެޓް ސައިންޓިސްޓެއްކަން ޤަބޫލު ކުރައްވާކަމަށެވެ. އެމަނިކުފާނަކީ ދިވެހި ޒުވާނުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ދުނިޔެއިން ބޭރަށް ފޮނުވާނެކަމަށް ވިދާޅުވި ރައީސެއްކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޔުމްނާ މައުމޫން. އަޅުގަނޑު ވެކްސިންގެ ވާހަކަ ދައްކަން ސައިންޓިސްޓަކަށް ވާން ޖެހޭކަމަށް ވިދާޅުވުމުން، ކަމަނާގެ ރައީސް ސޯލިހު އަކީ ރޮކެޓް ސައިންޓިސްޓެއްކަން ޤަބޫލު ކޮށްފިން؟ ޒުވާނުން، މަތީ ތައުލީމަށް ދުނިޔެއިން ބޭރަށް ފޮނުވާނެކަމަށް ވިދާޅުވި ހަނދާން އެބަހުރި.
– މުންދު ވިދާޅުވިއެވެ.
Minister @yumna_maumoon. Alhugandu vaccine ge vaahaka dhakkan scientist akah vaan jehey kamah vidhaalhuvumun, kamanaage Raees Solih akee rocket scientist ehkan qaboolu koffin? Zuvaanun, mathee thauleemah dhuniyein beyrah fonuvanekamah vidhaalhuvi handhaan eba huri. #JazeeraLogic https://t.co/HWd8a0934h
— Mohamed H. Shareef (@mundhu_maldives) January 30, 2021
ރިޔާސީ އިންތިޚާބުގެ ކެންޕެއިން ދުވަސްވަރު އަތޮޅު ތެރެއަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގެ ޒުވާނުން މަތީ ތައުލީމު ހާސިލް ކުރުމަށްޓަކައި ވެރިކަމާއި ހަވާލުވުމަށްފަހު ގިނަ މަސައްކަތް ތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން ޒުވާނުންނަށް ތައުލީމީ ފުރުސަތު ތަނަވަސްކޮށް ދުނިޔެއިން ބޭރަށް ތައުލީމު ހާސިލް ކުރެއްވުމަށް ފޮނުވާނެކަމަށް މިހާރުގެ ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ