އޭޑީކޭގައި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފި

އޭޑީކޭގައި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 12:35
0

ކޯވިޑް19 އާއި ގުޅިގެން އޭޑީކޭއިން ދެމުންދާ ބައެއް ޚިދުމަތްތައްކަށް ބަދަލު ގެނެސް، ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އޭޑިކޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނި މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް 19 ބަލިމަޑުކަމާ ގުޅިގެން، ޢާންމުންގެ ރައްކާތެރިކަމަށާއި އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށް ޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް ގެންދަނީ އަޅަމުންކަމަށެވެ. އެގޮތުން، ރާއްޖޭގައި ކޯވިޑް19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދިއުމާ، އަދި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކުރަންޓީން ގައި ބައިތިއްބަން ޖެހުމާ ގުޅިގެން ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ދިނުމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ.

30 ޖަނަވަރީ 2021 ން ފެށިގެން އޭޑީކޭއިން ދޭ ޚިދުމަތްތަކަށް ގެނައި ބަދަލުތައް: 

– ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަން ތައް އޮންލައިން އަށް ބަދަލުކުރުން.

– އިލެކްޓިވް ސާރޖަރީތައް މިވަގުތައް މެދުކަނޑާލުން

– ބަލިމީހުން އެޑްމިޓްކުރުން މިވަގުތައް މެދުކަނޑާލުން

– އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުން ހުއްޓާލުން

މި ބަދަލުތަކާއެކުވެސް، ހޮސްޕިޓަލުގެ އިމަރޖެންސީގެ ޚިދުމަތްތަކާ، އިމަރޖެންސީގައި އެޑިލިޓްކޮށްގެން ދޭންޖެހޭ ޚިދުމަތްތަކާއި، ޑައިގްނޯސްޓިކް ޚިދުމަތްތައް ކުރިޔަށް ދާނެކަމަށް އޭޑިކޭއިން ބުނެއެވެ. އޭޑީކޭގެ އިލްތިމާސްއަކީ، ކޯވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުމެވެ. އެގޮތުން، ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަތުމާ، ހޮސްޕިޓަލަށް ވަޑައިގަންވަން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަނި، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެންނެވުމަށް ވަނީ ދަންނަވާފައެވެ.

އަދި ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ހާލަތްތަކުގައި ރަނގަޅުގޮތުގައި މާސް އަޅުއްވާ، ހޮސްޕިޓަލުގެ އެކި ސަރަޙައްދު ތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒަރ ބޭނުންކުރެއްވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.