ފުވައްމުލަކުގައި ކޯވިޑަށް ޕޮޒިޓިވްވި ހައިރިސްކު ދެ މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ފުވައްމުލަކުގައި ކޯވިޑަށް ޕޮޒިޓިވްވި ހައިރިސްކު ދެ މީހަކަށް އައިސީޔޫގައި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 11:57
0

ފުވައްމުލަށް ސިޓީގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައިރިސްކު ދެމީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުވަށްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ އެސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 'ހައި ރިސްކް' 2 ބަލި މީހުން 24 ޖަނަވަރީ 2021 ވީ ހުކުރު ދުވަހުގެރޭ 11:30 ހާއިރު، ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީއަށްވަނީ ބަދަލު ކުރެވިފައިވާކަމަށެވެ. މިއީ 70 އަހަރުގެ ފިރިހިނެކާއި 61 އަހަރުގެ އަންހެނެއްކަމަށެވެ. މިދެ މީހުންނަކީ 10 ދުވަހުގެ ކުރަންޓީން މުއްދަތު ނިންމުމާގުޅިގެން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދަންޖެހޭ ޓެސްޓްގައި ކޯވިޑް-14އަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިއީ ފުވައްމުލަކު އައިސީޔޫގައި ކޯވިޑްގެ ބަލި މީހުންނަށް ފަރުވާދޭން ފެށި ފުރަތަމަ ފަހަރެވެ.

ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހިނގަމުންދާނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޯވިޑް-19 އިގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ 'ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމް (CHAT) ގުޅިގެންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކާއެކު ރަށު ކަރަންޓީން ފުރިހަމަ ކުރާ ގޮތަށް ދަތުރުކުރެވޭ ގޮތްވަނީ މިހާރު ހަމަޖައްސާފައެވެ. މިގޮތަށް ރަށު ކަރަންޓީނަށް ދާ މީހުންގެ ތެރެއިން ނިސްބަތުން ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކަރަންޓީންގައި ހުންނަ މުއްދަތުގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.