އިދިކޮޅު ކޯލިޝަނުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 13 މީހުން ދޫކޮށްލައިފިއެވެ.
މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ 130 ރަށެއްގައި ކުރިޔަށް ގެންދިޔަ މި މުޒާހަރާގެ 11 ބައިވެރިޔަކު ހައްޔަރުކޮށްފައިވަނީ މިިއަދު ހަވީރުގައެވެ. އަދި ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް)، އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވަނީ މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުންވަނީ މިރޭ އިދިކޮޅު މުޒާހަރާ ނިންމާލުމާއިއެކު ހައްޔަރު ކުރި އެންމެން ދޫކޮށްލާފައެވެ. އިދިކޮޅު ކޯލިޝަނުން "އިންސާފު ކޮބާ" ގެ ނަމުގައި މުޅި ރާއްޖޭގައި ކުރި މުޒާހަރާގައި ގިނަ ބަޔަކުވަނި ނިކުމެ އަޑު އުފުލާފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށްއެއްވެ އަޑުއުފުލާފައެވެ. މާލޭގައި ކުރި މުޒާޖަރާގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށް މުޒާހަރާ ކޮންޓްރޯލްކޮށްފައެވެ. މިއަދުގެ މުޒާހަރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ