ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިހުރި މީހަކު ތިން މަސް ނުވަނީސް އަނެއްކާވެސް ކޯވިޑަށް އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހއ. އަތޮޅު މުރައިދޫ އިން މިމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އަދި އޭނާ އަކީ މީގެ ކުރިން ކޯވިޑް-19 ޖެހިގެން ނޮވެމްބަރު މަހުގެ ތެރޭގައި ރަނގަޅުވެފައިވާ މީހެކެވެ.
އޭނާ ކޯވިޑަށް ދެވަނަ ފަހަރަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ކޯވިޑް-19ގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުންނެވެ. އޭނާ ޕޮޒިޓިވްވުމާއި ގުޅިގެން ކައުންސިލާއި ގުޅިގެން އެރަށު ސިއްހީ މަރުކަޒުން މިވަގުތު އަންނަނީ ކޮންޓެކްޓް ޓްރައިސިންގެ މަސައްކަތް ކުރަމުންނެވެ.
މިއީ ރާއްޖެއިން ކޯވިޑް ފެނު ފަހުން ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
ކޮމެންޓު ފޮނުވާ