ނިކުތީ ސަރުކާރު ކުޑަކަކުލަށް ތިރިކުރަން، އެކަމުގެ ތަދުވީ އެކަމަށްގޮވާލި ވެރިޔާގެ ކުޑަކަކުލަށް: ވައްޑެ

ނިކުތީ ސަރުކާރު ކުޑަކަކުލަށް ތިރިކުރަން، އެކަމުގެ ތަދުވީ އެކަމަށްގޮވާލި ވެރިޔާގެ ކުޑަކަކުލަށް: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 06:56
0

މިސަރުކާރު ހަމަގަމަށް އަޅުވައި ޒިންމާދާރު ކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރު ކުޑަކަކުލަށް ތިރިކުރާނެކަމަށް ވިދާޅުވެ ނިކުންނެވި އިދިކޮޅު ލީޑަރަށް އެކަން ނުކުރެވި ތަދުވީ އަމިއްލަފުޅު ކުޑަކަކުލަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިމަހުގެ 23 ވަނަ ދުވަހު ފެށިގެން މުޅި ރާއްޖޭގައި ބާއްވަމުންދާ އެއްވުންތަކުގައި ސަރުކާރު ކުޑަކަކުލަށް ތިރިކުރާނެކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ދެއްކެވި ވާހަތަކާއި ގުޅިގެން ވަހީދު ވިދާޅުވީ ފެނިގެންދިޔައީ ސަރުކާރު ކުޑަކުލަށް ތިރިވުމުގެ ކުރިން އަބްދުއްރަހީމް ކުޑަކަލަށް ތިރިވިގެން ދިޔަ މަންޒަރުކަމަށެވެ.

އިދިކޮޅު މުޒާޖަރާތަކުގެ ތެރެއިން ދެ ފަހަރެއްގެ މަތީން އަބްދުއްރަހީމްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަބްދުއްރަހަމީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން ވިދާޅުވެފައިވަނީ ފުލުހުން އޭނާ ގެންދިޔައީ ފަޔަށް ތަދުވާތީ އިށީގެ އިންނަވަނިކޮށް ކަމަށެވެ. އަބްދުއްރަހީމް ވަނީ އެންމެފަހުން ހައްޔަރުކުރި ފަހަރު ދޫނިދޫގައި ބަހައްޓައި މުއްދަތު ޖަހަން ކޯޓަށްވެސް ހާޒިރުކޮށްފައެވެ. ނަމަވެސް ކޯޓުންވަނީ ވަގުތުން އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި މިއަދު ކުރި މުޒާހަރާތަކުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ އަބްދުއްރަހީމްއެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން މިއަދު ހިންގެވި އަމަލު ކުއްވެރި ކުރައްވައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ މިއަދު މުޒާހަރާ ރޫޅާލިޔަސް މާދަމާވެސް ނިކުންނާނެކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައި
އަދި ސަރުކާރު ބޮޑު ކަކުލަށް ތަދުވާނެ